logoEN
cocacola
އަލަށް އިމާރާތް ކުރާ މިސްކިތްތައް އޭސީ ކުރުމުގައި ލުޔެއް ހޯދުމަށް ސޯލާ ޕެނަލް ހަރުކުރަން އަސާސީ ކަމަކަށް

އަލަށް އިމާރާތް ކުރާ މިސްކިތްތައް އޭސީ ކުރުމުގައި ލުޔެއް ހޯދުމަށް ސޯލާ ޕެނަލް ހަރުކުރަން އަސާސީ ކަމަކަށް

އައިޝަތު އިފާޝާ

logo

2/7/2024, 9:40:10 AM

# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

މިސްކިތެއްގައި ސޯލާ ޕެނަލް ހަރުކޮށްފައި

ދިވެހިރާއްޖޭގައި އަލަށް އިމާރާތް ކުރާ މިސްކިތްތަކުގައި އަވިން ހަކަތަ އުފައްދާ ނިޒާމް ހަރުކުރުމަކީ މިއަހަރުން ފެށިގެން އަސާސީ ކަމެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރައްވާފައިވަނީ ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ގޮސިޔާ

ސަރުކާރުން މިސްކިތްތައް ބިނާކުރުމަށް ފައްޓަވާފައިވާ މަސައްކަތްތަކުގެ ވާހަކަ ހިއްސާކުރައްވަމުން ވަޒީރު ޝަހީމް ވިދާޅުވީ އަލަށް އިމާރާތްކުރާ މިސްކިތްތައް ނިމޭއިރު ސޯލާ ޕެނަލް ހަރުކުރުމަކީ އަސާސީ ބައެއްގެ ގޮތުގައި މަޝްރޫޢުގައި މިއަހަރުން ފެށިގެން ހިމަނައިގެން ކުރިއަށްދާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ މިކަމުގެ ސަބަބުން މިސްކިތްތައް އޭސީކުރަން ބޮޑު ލުޔެއް ލިބިގެންދާނެކަމަށެވެ.

މިސްކިތްތައް އޭސީ ކުރުމަކީ ނިމިދިޔަ ސަރުކާރުންވެސް ކުރަން ނިންމި މަސައްކަތެކެވެ. ނަމަވެސް، ކަރަންޓް ޚަރަދު ހަމަޖެއްސުމުގައި ދިމާވާ ދަތީގެ ސަބަބުން އެ މަޝްރޫއު ކުރިއަށް ގެންގޮސްފައިނުވެއެވެ.

މިސަރުކާރުން އަލަށް އިމާރާތް ކުރާ މިސްކިތްތަކުގެ އިތުރުން، ވަގުފު މިސްކިތް އެޅުމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި އަމިއްލަ އެކި ފަރާތްތަކުންވެސް ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތް އެޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިސްކިތްތައް ޢިމާރާތްކުރުމުގެ މަޝްރޫޢުތައް އަވަސްކުރުމަށްވަނީ ނިންމަވާފައިވެ.

މިސްކިތްތައް ބިނާކުރުމުގެ އިތުރުން މިސްކިތްތަކުގެ އާބާތުރަ ފިލުވައި، ރީތިކޮށް ބެލެހެއްޓުމަށްޓަކައި ދައުލަތުގެ ބަޖެޓުން އެކަމަށް ކުރެވޭ ޚަރަދު ވަނީ އިތުރުކޮށްފައެވެ. އެގޮތުން މިސަރުކާރުން ވަނީ އެމަސައްކަތަށް ބަޖެޓުގައި 15 މިލިއަން ރުފިޔާ ހަމަޖައްސާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ