logoEN
WAMCO TOP 1
ސަރުކާރުގެ ރިފޯމް އެޖެންޑާއަށް އައިއެމްއެފްގެ ތައުރީފު

ސަރުކާރުގެ ރިފޯމް އެޖެންޑާއަށް އައިއެމްއެފްގެ ތައުރީފު

އައިޝަތު އިފާޝާ

logo

2/7/2024, 8:11:57 AM

# އައިއެމްއެފް

އައިއެމްއެފްގެ މަނިޓަރީ ފަންޑުގެ އެގްޒެކެޓިވް ޑިރެކްޓަރ ޑރ މަޙްމޫދު މުޙެލްޑިން މިނިސްޓަރ ޝަފީގްއާ ބައްދަލުކުރެއްވުމުގެ ތެރެއިން - ފޮޓޯ: ފިނޭންސް

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ރިފޯމް އެޖެންޑާއަށް އިންޓަރނޭޝަނަލް މަނެޓަރީ ފަންޑް (އައިއެމްއެފް) އިން ތައުރީފުކޮށްފިއެެވެ.

THE TRAVELLER AD

އައިއެމްއެފް އިން ސަރުކާރުގެ ރިފޯމް އެޖެންޑާއަށް ތައުރީފުކޮށްފައިވަނީ އައިއެމްއެފްގެ މުވައްޒަފުން 2024 ވަނަ އަހަރު ރާއްޖެއަށް ކަނޑައަޅުއްވާފައިވާ 4 ވަނަ މާއްދާގެ މިޝަން ފުރިހަމަކުރެއްވުމަށްފަހު ފާހަގަކުރެވުނު ކަންތައްތައް ހާމަކުރައްވާ ނެރުނު ބަޔާނެއްގައެވެ.

މި ބަޔާނުގައި ބުނެފައިވަނީ ކޮވިޑު 19ގެ ބަލިމަޑުކަމަށް ފަހު ރާއްޖޭގެ އިގުތިސާދު ހަލުވިކަމާ އެކު ކުރިއަރަމުން އައިސްފައި މި ފަހުން މަޑުޖެހިފައިވާ ކަމަށެވެ. މި އަހަރު 5.2 އިންސައްތަ ކުރިއަރާނެ ކަމަށް ލަފާ ކުރެވޭއިރު ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު ވެސް އިތުރުވާނެކަމަށް އައިއެމްއެފުން ލަފާކުރެއެވެ.

އިގުތިސާދީ ހާލަތު ގޯސްކޮށް ފާހަގަކުރައްވައި، މާލީ އިސްލާހީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައި ވެސް ވަނީ ފާހަގަކުރައްވައިފައެވެ.

އެ މަނިކުފާނު ވިދާޅުވީ، ކުރީ ސަރުކާރުން ވާރުތަވި މާލީ ނުތަނަވަސްކަމުން އަރައިގަންނަން މާލީ އިސްލާހީ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

އިތުރު ތަފްސީލު އަންނަނީ...

ކޮމެންޓް
ފަހުގެ
HDC