logoEN
cocacola
ރާއްޖޭގެ އެކި ހިސާބުތަކުން ދުބާއީގެ މަންޒަރުތައް ފެންނަ ދުވަސް އޮތީ ދާދި ގާތުގައި: އާދަމް ޝަރީފް

ރާއްޖޭގެ އެކި ހިސާބުތަކުން ދުބާއީގެ މަންޒަރުތައް ފެންނަ ދުވަސް އޮތީ ދާދި ގާތުގައި: އާދަމް ޝަރީފް

އަހުމަދު ޝުރާއު

logo

2/6/2024, 5:56:31 PM

# އާދަމް ޝަރީފް

އާދަމް ޝަރީފް

ދުބާއީ ފަދައިން ރާއްޖެ ތަރައްގީވެ, އެ ސިފަ ޖެހެން ދެން މާ ގިނަ ދުވަހެއް ނުނަގާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް މިރޭ ވިދާޅުވެއްޖެއެވެ.

ގޮސިޔާ

އާދަމް ޝަރީފް ވިފަދައިން ވިދާޅުވީ ތ. އަތޮޅުގެ ބައެއް ރަށްރަށަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ވޭމަންޑޫ ރައްޔިތުންނާ ބައްދަލުކުރުމަށް މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަމުންނެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ މި ސަރުކާރު ހަވާލުވެ ވޭތުވެދިޔަ މުއްދަތުގައި ކުރެވުނު މަސައްކަތުން ރައްޔިތުން އުއްމީދު ކުރާ އަދި ރައްޔިތުން ދެކެން ބޭނުންވާ ވަރުގެ ތަރައްގީގެ ހަރުދަނާ ތަސައްވުރެއް ފެންނަން ފެށީ އަދި ކިރިޔާ ކަމަށެވެ.

ރައީސް މުއިއްޒުގެ ތަސައްވުރާއި އެއްގޮތަށް މަސައްކަތްކޮށް ރާއްޖޭގެ އެކި ހިސާބުތަކުން ލަސްތަކެއް ނުވެ "ދުބާއީ"ގެ މަންޒަރުތައް ފެންނަން ފަށާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރާއްޖޭގެ އެކި ހިސާބުތަކުން ދުބާއީގެ މަންޒަރުތައް ފެންނަން ފަށާނެ, މާލެ ކައިރީގެ އެކި ހިސާބުން ރާއްޖޭގެ އެކި ހިސާބުތަކުން އުމްރާނީ ގޮތުން ތަރައްގީވާ މަންޒަރު ފެންނާނީ ދުބާއީ ސިފައިގައި ފެންނަން ފަށާނެ ދުވަސް އޮތީ ވަރަށް ގާތުގަ" އާދަމް ޝަރީފް ވިދާޅުވިއެވެ.

ސިނަމާލެ ބްރިޖް އަޅާ ވާހަކަ ދެއްކުމުން އެކަމަށް ޖޯކު ޖެހިފަދައިން، ރަސްމާލެ އާއި މާލެއާ ދެމެދު ދަތުރު ކުރާނީ ކަނޑު އަޑިން ކަމަށް ރައީސް ވިދާޅުވުމުން އެކަމަށް ބައެއް މީހުން ޖޯކު ޖެހިކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ރައީސް މުއިއްޒު އެ ވާހަކަ ދެއްކެވީ އެމަނިކުފާނަށް ލިބިވަޑައިގެން ހުންނެވި ތަޖުރިބާއާއެކު އެއީ ވާނެ ކަމެއްކަން ޔަގީން ކުރެއްވުމަށްފަހު ކަމަށާއި ރާއްޖޭގައި މިފަދަ ބިޔަ މަޝްރޫއުތަކެއް އިއުލާން ކުރެއްވި އެހެން ވެރިއަކު ފެނިފައި ނުވާ ކަމަށެވެ.

އާދަމް ޝަރީފް ވަނީ މަޖިލިސް ތެރެއިން ރައީސްގެ ތަރައްގީއަށް ހުރަސް އަޅަމުން އަންނަ ކަން ފާހަގަކުރައްވައި ރައީސް ފައްޓަވާފައިވާ ބޮޑެތި މަޝްރޫއުތައް ނިންމުމުގެ ފުރުސަތު އެމަނިކުފާނަށް ދެއްވަން ޖެހޭ ކަމަށް ވިދާޅުވެފައި އެވެ. އެގޮތުން ރައީސް ބޮޑެތި މަޝްރޫއުތައް އިއުލާނުކުރައްވާފައިވާއިރު އެކަން ފަހިކޮށްދިނުމަށް ކުރިއަށް އޮތް މަޖިލީހުގެ ސުޕަމެޖޯރިޓީ ސަރުކާރަށް ދިނުމަކީ އެންމެން މައްޗަށް އޮތް ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ