
--
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ރާއްޖޭގެ މުސްތަގްބަލު އުޖާލާވެގެންދާނެ ކަމަށް އިދާރީ ދާއިރާތަކާއި ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ވަޒީރު މިފަދައިން ވިދާޅުވީ މިއަދު އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއް ރިޓުވީޓު ކުރައްވަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލައަށް ހައްލެއް ހޯދުމަށް ރޭ އިފްތިތާހުކުރި "މާލެފަހި" ޕްރޮގްރާމުގައި ސިނަމާލެ ބުރިޖާއި ހަލިމަގުން ޓޯލް ފީއެއް ނެގުމާމެދު ދިރާސާއެއް ކުރުމަށް ވަނީ ހިމަނާފައެވެ. އެކަމާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުކޮށްފައެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ, ބުރިޖުން ޓޯލް ނެގުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށެވެ. އަދި ރޭގައި އިޢުލާން ކުރެވުނު "މާލެފަހި" ޕްލޭންގައި ޓޯލް ނެގުމާމެދު ދިރާސާއެއްކުރުމަށް ހިމަނާފައިވަނީ ފަންނީ ލެވެލްގައި އެކަމުގެ ލަފާ އެމަނިކުފާނަށް އެރުވުމުގެ ނިޔަތުގައިކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް އިތުރަށް ވިދާޅުވީ, އެ ދިރާސާއަށްފަހު ލިބޭ ފަންނީ ލަފާގައި ޓޯލް ނަގަން ހުށަހެޅުން އަޔަސް، މާލެ ސިޓީގެ މަގުތައް އެއްކޮށް ރަނގަޅު ފެންވަރަކަށް ހަދާ ނިމުމުގެ ކުރިން އަދި އެކަށީގެންވާ މިންވަރަކަށް ޕާކިންގ ގެ މައްސަލަ ޙައްލު ވުމުގެ ކުރިން، އަދި ޤައުމާއި ރައްޔިތުންގެ ޢިޤްތިޞާދީ ޙާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުގެ ކުރިން ޓޯލް ނަގަން ނުފަށާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.
ރައީސްގެ މި ޕޯސްޓު ރިޓުވީޓުކުރައްވައި އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަކީ ރައީސް މުއިއްޒު އިސްކަން ދެއްވާ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުން އެދޭގޮތަށް ނިޒާމުތައް ހަރުދަނާކުރުމަށް ވަރަށް ބޮޑަށް މަގުފަހިވޭ. މި އުޞޫލުން ވެރިކަމުގެ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި އެކަށީގެންވާ މުއްދަކަށް ކުރިއަށް ގެންދިއުމުގެ ފުރުޞަތު ދެވިއްޖެނަމަ، ޙަޤީޤ މާނައިގައި ރައްޔިތުންގެ ބާރުވެރިކަން އިތުރުވެ، ދިމިގުރާތީ ނިޒާމު ހަރުދަނާނެ ވާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ރޖ. ޑރ ޒަޢާމަތުގައި ރާއްޖޭގެ މުސްތަޤުބަލު އުޖާލާނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.
ރައީސް ޑރ މުހައްމަދު މުއިއަޒު ފާހަގަކުރެވިގެންދަނީ ސަރުކާރުގެ ނިންމެވުންތައް ނިންމެވުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވަމުން ގެންދަވާ ބެޭފުޅެއްގެ ގޮތުގައި އެވެ.
ގުޅުންހުރި

ކީރިތި ޤުރުއާން ކިޔެވުމަކީ އާދައެއްގެ ގޮތުގައި ހެއްދެވުމަށް މިނިސްޓަރު އާދަމް ޝަރީފް އިލްތިމާސްކުރައްވައިފި

ލާމަރުކަޒީ ނިޒާމު ހަރުދަނާކުރެވޭނީ ދައުލަތުގެ 3 ބާރާއެކު މީޑިއާއާއި ރައްޔިތުން ނިޒާމުގެ މަފުހޫމް ހޭހަންކޮށް - އާދަމް ޝަރީފް

ރާއްޖޭގައި ހުރި ހުރިހައި ނިޒާމެއް، ލާމަރުކަޒީ ނިޒާމަށް ފަހިވެފައި އަދި ނެތް - އާދަމް ޝަރީފު
