logoEN
cocacola
ގާނޫނާ ޚިލާފަށް ކައިވެނި ކުރި ކަމުގެ ތުހުމަތުގައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރާއި އަނބިކަނބަލުން ޖަލަށް ލައިފި

ގާނޫނާ ޚިލާފަށް ކައިވެނި ކުރި ކަމުގެ ތުހުމަތުގައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރާއި އަނބިކަނބަލުން ޖަލަށް ލައިފި

އައިޝަތު އިފާޝާ

logo

2/3/2024, 6:31:19 PM

# ޕާކިސްތާނު# އިމްރާން ޚާން

އިމްރާން ޚާން އާއި އޭނާގެ އަނބިކަނބަލުން ބުޝްރާ ބީބީ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އާއި, އޭނާގެ އަނބިކަނބަލުން ގާނޫނާ ޚިލާފަށް ކައިވެނި ބައްލަވައިގަތް ކަމުގެ ތުހުމަތުގައި ޖަލަށްލާން އެގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެެވެ.

ގޮސިޔާ

އިމްރާން ޚާންއާއި އަނބިކަނބަލުން ބުޝްރާ ބީބީއާ ދެމީހުން 2018 ވަނަ އަހަރު ބައްލަވައިގެންފައިވާ ކައިވެންޏަކީ އިސްލާމް ދީނާއި އެގައުމުގެ ޤާނޫނާ ޚިލާފު ކައިވެންޏެއް ކަމަށް ކަނޑައަޅައި އެގައުމުގެ ކޯޓުން ވަނީ އެ ދެމީހުން 7 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައެވެ.

އެ މައްސަލައަކީ ބުޝްރާ ބީބީގެ ކުރީގެ ފިރިމީހާ ހުށަހެޅި މައްސަލައެކެވެ. އޭނާ ވަނީ އިމްރާންއާ ބީބީ ކައިވެނި ކުރީ އޮޅުވާލައިގެން ކަމަށް ބުނެ މައްސަލަ ހުށަހަޅާފައެވެ.

އެމައްސަލައާ ގުޅިގެން ހަތް އަހަރުގެ ޖަލު ހުކުމުގެ އިތުރުން ފަސް ލައްކަ ރުޕީސް (1,800 ޑޮލަރު) އިން އިމްރާން ޚާން އާއި އޭނާގެ އަނބިކަނބަލުން ބުޝްރާ ބީބީ ވަނީ ޖޫރިމަނާ ކޮށްފައެވެ.

އިމްރާން ބޮޑުވަޒީރު ކަމަށް އިންތިހާބުވުމުގެ މަހެއްހާ ދުވަސް ކުރިން 2018 ވަނަ އަހަރު އެ ދެމީހުން ކައިވެނި ކުރި އެވެ. އުމުރުން 40 އަހަރުފުރިފައިވާ ކަމަށް ބެލެވޭ އަދި އަބަދުވެސް އާންމުކޮށް ބުރުގާ އަޅައިގެން އުޅޭ ބީބީ އަކީ އިމްރާންގެ ތިން ވަނަ އަނބިމީހާ އެވެ.

އިމްރާން ޚާން މިހާރުވެސް ހުންނެވީ ކޮރަޕްޝަންގެ މައްސަލަތަކެއް ސާބިތުވެ ޖަލުގަ އެވެ.

އުމުރުން 71 އަހަރުގެ އިމްރާން ޚާން ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ގިނަ މައްސަލަތަކަކީ ސިޔާސީ މަގްސަދެއްގައި އުފުލާފައިވާ މައްސަލަތަކެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ