logoEN
cocacola
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް ފަށައިފި

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް ފަށައިފި

އައިޝަތު އިފާޝާ

logo

2/3/2024, 9:34:38 AM

# އެންސްޕާ# ނުކުޅެދުންތެރިކަން ހުންނަ މީހުން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް މޯލްޑިވްސް ނެޝަނަލް ޕްރޮޓެކްޝަން އެޖެންސީ، (އެންސްޕާ)އިން ފަށައިފިއެވެ. މިޕްރޮގްރާމް އެންމެ ފުރަތަމަ ފަށާފައިވަނީ ކ.މާފުށީގައެވެ.

ގޮސިޔާ

މިޕްރޮގްރާމް މިއަހަރު އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ކ.މާފުށީގައެވެ. އެންސްޕާއިން ކުރިއަށް ގެންދާ މިޕްރޮގްރާމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެކުންފުނީގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ ދައުލަތުން އެހީދޭ ފަރާތްތަކުގެ މަޢުލޫމާތު އަދާހަމަކުރުމަކީ މުހިންމު ކަމެއްކަމަށެވެ. މިޕްރޮގްރާމްގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެކަނިވެރި މައިންނާއި ބަފައިންގެ މަޢުލޫމާތު އަދާހަމަކުރުމަށް ހަމަޖެހިފައިވާކަމަށް ހީނާ ވިދާޅުވިއެވެ. އަދި ދިރިއުޅުމުގެ ޙާލަތު ބަދަލުވެފައިވާ މީހުންގެ އެމަޢުލޫމާތު ހިއްސާކުރުމަށް ހީނާވަނީ އެދިވަޑައިގެންފައެވެ.

"ދިރިއުޅުމުގެ ޙާލަތު ބަދަލުވެފައިވާ ފަރާތްތަކަށްވެސް އެބަ އެލަވަންސްތައް ލިބެމުންދޭ. އަދި އެހީ ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތުވެސް ބަދަލުވެފައި އެބަހުރޭ. އެހެންވީމަ މިޕްރޮގްރާމް ގެތެރެއިން މިފަދަ މަޢުލޫމާތުތައްވެސް މިދަނީ ބަލަމުން." އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވިއެވެ.

މިޕްރޮގްރާމާއި ބެހޭގޮތުން ވާހަކަދައްކަވަމުން އެންސްޕާގެ ކޮމިއުނިނޭޝަން ކޮންސަލްޓަންޓް އާމިނަތު ރިޝްމީ ވިދާޅުވީ މިޕްރޮގްރާމް ރަށްރަށުގައި ކުރިއަށްގެންދަނީ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ޖަމުޢިއްޔާތަކާއި ގުޅިގެންކަމަށެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ކަށަވަރުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމް ހިންގުމަށް ކައުންސިލްތަކަށް ބޭނުންވާ ތަމްރީނާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް ރިޝްމީ ވިދާޅުވިއެވެ.

"މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޤާނޫނުގެ ދަށުން ކުރަން ލާޒިމުކުރާކަމެއް ދަފްތަރު އެކުލަވާލާ އަދާހަމަކޮށް ބެލެހެއްޓުމަކީ. މިކަމުގައި ކައުންސިލްތަކުގެ އެހީތެރިކަން ލިބޭކަން ފާހަގަކޮށްލަން. ކުރިއަށް އޮތްތަނުގައި އެހެން ރަށްރަށުގައިވެސް މިޕްރޮގްރާމް ހިންގުމަށްވަނީ ހަމަޖެހިފައި." އެންސްޕާގެ ކޮމިއުނިނޭޝަން ކޮންސަލްޓަންޓް އާމިނަތު ރިޝްމީ ވިދާޅުވިއެވެ.

އެންސްޕާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް އެކުލަވާލާފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. މިދިޔަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި މިދަފްތަރުގައި އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ 11،000 އަށްވުރެ ގިނަ މީހުންވަނީ ރަޖިސްޓަރީވެފައެވެ.

އެންސްޕާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލާފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީމަހުގައެވެ. މިދިޔަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި މިދަފްތަރުގައި އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ 11000 އަށްވުރެ ގިނަ މީހުންވަނީ ރަޖިސްޓަރވެފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެކަނިވެރި މައިންނާއި ބަފައިންނަށް ދައުލަތުގެ ފަރާތުން އަންނަނީ ޚާއްޞަ އެލަވެންސް ދެމުންނެވެ. މިކުރެވޭ ޚަރަދަކީ ރަނގަޅުގޮތުގައި އިސްރާފެއް ނެތި އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ލިބިދެވޭ އެހީއަކަށް ހެދުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. މިގޮތުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާގައި ޤާއިމުކޮށްފައިވާ ޤައުމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އަދާހަމަ ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ