logoEN
cocacola

އެފްއެސްއެމް އިން ވަނީ ކޫއްޑޫގެ ފިއުލް ޕަމްޕް ކެޕޭސިޓީ އިތުރުކޮށްފައި --ފޮޓޯ| ޕީއެސްއެމް

މަސްވެރިން ހިދުމަތް ހޯދަމުން އަންނަ ގއ. ކޫއްޑޫ ބަނދަރުން މަސްވެރިންނަށް ދޫކުރަމުން އަންނަ ފިއުލް ސްޓޭޝަން ތަކުގެ ކެޕޭސިޓީ އިތުރުކޮށް، ތެޔޮ އެޅުމުގައި ހޭދަވާ ވަގުތު ބޮޑުތަނުން އަވަސްކޮށްފި އެވެ.

ގޮސިޔާ

ކޫއްޑޫގައި ގާއިމްކޮށްފައިވާ ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ ތެޔޮ ޕަމްޕުތަކުގެ ކެޕޭސިޓީ އެކުންފުނިން ވަނީ ބޮޑުކޮށްފައެވެ. އެއީ ތެޔޮ އެޅުމަށް ކޫއްޑޫ ބަނދަރުގައި މަސްދޯނިތައް ގިނަވަގުތު ހޭދަކުރަންޖެހޭތީ މަސްވެރިން ކުރަމުން އަންނަ ޝަކުވާތަކަށް ހައްލެއް ހޯދުމުގެ ގޮތުން ކުރެވުނު މަސައްކަތެކެވެ.

ސަރުކާރުން މިހާރު ވަނީ ކޫއްޑޫގެ ތެޔޮ ސްޓޭޝަންތަކުގައި ކުރިން ބޭނުންކުރި ޕަމްޕުތަކަށްވުރެ 5 ގުނަ ބޮޑު ޕަމްޕުތަކެއް މިހާރު ޤާއިމްކޮށްފައެވެ އެގޮތުން ކުރިން ބޭނުންކުރަމުންދިޔަ މިނެޓަކު 30 ލީޓަރުގެ ތެޔޮ އެޅޭ ޕަމްޕުތަކުގެ ބަދަލުގައި، މިހާރު ވަނީ މިނެޓަކު 160 ލީޓަރު ތެޔޮ އެޅޭ ޕަންޕްތައް ކޫއްޑޫގައި ޤާއިމްކޮށް، ޙިދުމަތްދޭން ފަށާފައެވެ. މި ބަދަލާއެކު އެންމެ ބޮޑެތި މަސް ދޯނިތަކަށްވެސް 15 މިނެޓެއްހާއިރުން ތެޔޮ އެޅޭނެއެވެ.

އެފްއެސްއެމްއިން ބުނީ މިދިޔަ ދުވަސްތަކުގައި ތެޔޮ ސްޓޭޝަންތައް ތަރައްޤީކޮށް، ކުރިއެރުވުމަށް މާބޮޑު މަސައްކަތްތަކެއް އޭރުގެ މެނޭޖްމަންޓުންކޮށްފައި ނުވާކަމަށެވެ. އަދި އެތަންތަނުގެ މެއިންޓޭނަންސް މަސައްކަތް ކޮށްފައި ނެތުމަކީ ތެޔޮ އަޅަން ގިނައިރުތަކެއް ނަގާ ސަބަބުކަމަށްވެސް އެފްއެސްއެމްއިން ބުނެއެވެ.

އެފްއެސްއެމްއިން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ތެޔޮ ސްޓޭޝަންތަކުން ދޭ ޙިދުމަތްތައް އަވަސް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، އަދި ކުރިމަގުގައި ކޫއްޑޫގެ ތެޔޮ ސްޓޯރޭޖު ތަރައްޤީކޮށް، ހިދުމަތުގެ ފެންވަރުވެސް އިތުުރަށް ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ