
މުދާ އުފުލާ ބޯޓެއް
ރަތް ކަނޑުގައި ދަތުރުކުރަމުންދިޔަ އެމެރިކާގެ މުދާ އުފުލާ ބޯޓަކަށް ހަމަލާތަކެއް ދީފައިވާ ކަމަށް ޔަމަނުގެ ހޫތީން ބުނެފިއެެވެ.

ހޫތީން ބުނެފައިވާ ގޮތުގައި ހަމަލާދީފައިވަނީ ކޭއޯއައި ނަކަމަށް ކިޔާ އެމެރިކާގެ ކުންފުންޏަކުން އޮޕަރޭޓްކުރާ އުޅަނދަކަމަށް ކަމަށެވެ.
މެރިޓައިމް ސެކިއުރިޓީ ފާމް އަމްބްރީ އިން ވެސް ވަނީ ޔަމަނުގެ އެޑެން ބަނދަރުގެ ދެކުނުން ބޯޓަކަށް ހަމަލާދީފައިވާ ކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެއީ ކޮން ނަމެއް ކިޔާ ބޯޓެއް ކަމެއް ހާމަކޮށްފައި ނުވެއެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ބުނި ގޮތުގައި ކޭއޯއައި އަކީ އިނގިރޭސިވިލާތުގެ އޮސިއޯނިކްސް ސާވިސަސް އިން އޮޕަރޭޓް ކުރާ ލައިބީރިއާގެ ދިދަ ޖަހާފައިވާ ކޮންޓެއިނާ ބޯޓެކެވެ. ހޫތީން ވަނީ އެކުންފުނިން އޮޕަރޭޓް ކުރާ ތެޔޮ ޓޭންކަރު މާލިން ލުއާންޑާއަަށްވެސް މިސައިލަކުން ހަމަލާދީފައެވެ.
ހޫތީގެ އަސްކަރިއްޔާގެ ތަރުޖަމާނު ޔަހްޔާ ސަރިއާ ބުދަ ދުވަހު ވިދާޅުވީ އެ ހަރަކާތުގެ ސިފައިން ކޭއޯއައި ނަމަކަށް ކިޔާ އެމެރިކާގެ ވިޔަފާރީގެ އުޅަނދަކަށް ހަމަލާ ދީފައިވަނީ ނޭވީ މިސައިލްތަކެއް ބޭނުންކޮށްގެން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ އުޅަނދު ދަތުރުކުރަމުން ދިޔައީ "ހިފާފައިވާ ފަލަސްތީނުގެ ބަނދަރުތަކަށް" ކަމަށެވެ.
އަދި މިހާރު ހިނގަމުންދާ ކުރިމަތިލުންތަކުގައި އިނގިރޭސިވިލާތާއި އެމެރިކާއިން ދޭ ހަމަލާތަކަށް ތަކަށް ރައްދު ދޭން ޔަމަނުން ފަސްނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަތް ކަނޑުގައި ދުއްވާ މުދާ އުފުލާ ބޯޓުތަކަށް ހަމަލާދޭން ފަށާފައިވަނީ, މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކާއި ގުޅިގެންނެވެ.
ގުޅުންހުރި

ޔަމަނުން އިޒްްރޭލަށް އަމާޒުކޮށް ޑްރޯން ހަމަލާއެއް ފޮނުވާލައިފި

އެމެރިކާގެ ބޮޑު ސެކިއުރިޓީ ބްރީޗެއް: ހޫޘީންނަށް ބޮން އެޅުމަށް މަޝްވަރާކުރި ސަރުކާރުގެ ގްރޫޕު ޗެޓަށް " އޮޅިގެން" ނޫސްވެރިއަކު އެޑްކުރެވިފައި!

ޔަމަނުގެ މައި އެއާޕޯޓާއި ކައިރި ސަރަހައްދަކަށް ހަމަލާދީފި
