logoEN
cocacola
ބައްސާމްގެ މައްޗަށް ޚިޔާނާތްތެރިވުމާއި މަނީލޯންޑަރިންގެ ދަޢުވާ އުފުލައިފި

ބައްސާމްގެ މައްޗަށް ޚިޔާނާތްތެރިވުމާއި މަނީލޯންޑަރިންގެ ދަޢުވާ އުފުލައިފި

އައިޝަތު އިފާޝާ

logo

2/1/2024, 5:52:14 AM

# އެފްއޭއެމް# ޕީޖީ އޮފީސް

ބައްސާމް އަދީލް ޖަލީލް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދެ ދައުވާއެއް އުފުލައިފިއެވެ.

ގޮސިޔާ

ޕީޖީ އޮފީހުން ބައްސާމްގެ މައްޗަށް އުފުލާފައިވަނީ ޚިޔާނާތްތެރިވުމާއި މަނީލޯންޑަރިންގެ ދަޢުވާއެވެ. މިއީ އެފްއޭއެމަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް ޚިޔާނާތްތެރިވެ، އިތުރު ކުށުގެ އަމަލުތަކެއް ހިންގާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެކެވެ.

ޕީޖީ އޮފީހުން ވިދާޅުވީ އެފްއޭއެމްގެ އިސްވެރިންތަކެއް ފައިސާއަށް ޚިޔާނާތްތެރިވެ، އިތުރު ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތު ކުރެވޭ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަމުންދަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އަމުރަކަށް ކަމަށެވެ. މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށާއި ތަހުގީގުތައް ނިމެމުންދާ ވަރަކަށް އިތުރު ބައިތަކާ ގުޅިގެން ދައުވާ ކުރަންޖެހޭ މީހުންގެ މައްޗަށް ދައުވާ ކުރާނެ ކަމަށްވެސް އެ އޮފީހުން ވިޅުވިއެވެ.

މިހާރު ތަހުގީގު ކުރިއަށްގޮސްފައިވާ ހިސާބުން ދެ ދައުވާއެއް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

ބައްސާމުގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ދައުވާ އުފުލާފައިވަނީ 2016 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގެ ރައީސްގެ މަޤާމުގައި ހުރެ، އެ އެސޯސިއޭޝަނުގެ ކަންކަމަށް ބޭނުން ކުރުމަށް ފީފާގެ ފަރާތުން ދެމުންދިޔަ ޑޮލަރުގެ ތެރެއިން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓްމަހުގެ ތެރޭގައި އެފްއޭއެމްގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއިން އޭނާގެ އަމިއްލަ އެކައުންޓަށް 10،004 ޑޮލަރު ޖަމާކޮށްފައިވާތީ ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. ބޭންކް ޗާޖުގެ ގޮތުގައި ފަސް ޑޮލަރު އުނިކުރުމަށްފަހު އެކައުންޓަށް ޖަމާވެފައިވަނީ 9،999 ޑޮލަރު ކަމަށާއި، އެ ޑޮލަރު ޖަމާކުރީ މާރު ކުރުމަށް ކަމަށް ބުނި ނަމަވެސް އެ އަދަދަށްވާ ދިވެހި ފައިސާ އެއްވެސް އިރަކު އެފްއޭއެމްގެ އެކައުންޓަށް ޖަމާވެފައި ނުވާ ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

މަނީ ލޯންޑަރިންގެ ތުހުމަތު ބައްސާމުގެ މައްޗަށް ކުރަނީ އެފްއޭއެމްގެ އެކައުންޓުން އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކުރި ފައިސާގެ ތެރެއިން 1،910 ޑޮލަރު 2 ސެޕްޓެމްބަރު 2018 ވަނަ ދުވަހު އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ގްލޭސިއަރ އިންވެސްޓްމަންޓްސްގެ ކަންކަމަށް ބޭނުންކޮށްފައިވާތީ ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ. އަދި އޭނާގެ އެކައުންޓަށް ޖަމާކުރި ފައިސާގެ ތެރެއިން 2000 ޑޮލަރު އޭނާ ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފްލެޓަށް ކުލި ދެއްކުމަށް ބޭނުންކޮށްފައިވާ ކަމަށާއި އެފްއޭއެމް އެކައުންޓުން ޖަމާކުރި ފައިސާ އެކި މީހުންނަށް އެކި އަދަދުތަކުން ޖަމާކޮށް، އެފްއޭއެމްއާ ގުޅުން ނެތް ކަންކަމާއި އަމިއްލަ ކަންކަމުގައި ވެސް ބޭނުންކޮށްފައިވާކަމަށް ވިދާޅުވިއެވެ.

ބައްސާމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން ޚިޔާނާތުގެ ކުށް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ 100،000 ރުފިޔާ އާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމާކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މި މައްސަލައަކީ އަދިވެސް ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ ތަހުގީގުގެ ކަންކަން ކުރިއަށްދާ ވަރަކަށް އިތުރު މުއާމަލާތްތަކާމެދު ފެންނަންހުރި ނުރަނގަޅު ކަންތައްތަކުގެ މައްޗަށް އަޅާނެ ޤާނޫނީ ފިޔަވަޅުތައް ނިންމުންދާނެ ކަމަށް ވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ