
ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބެލްޖިއަމް އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން
ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްއަށް ވަޑައިގެންފިއެވެ.

ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅަކީ ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން، އީޔޫއާއެކު އޮންނަ ގުޅުންތައް ބަދަހިކުރުމަށް ކުރައްވާ މަސައްކަތުގެ ދަށުން ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އީޔޫގެ އިސް އޮފިޝަލުންނާއި ޔޫރަޕިއަން ޕާލިމަންޓްގެ މެމްބަރުންނާއި ބައްދަލުކުރައްވާނެކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ. އަދި މި ބައްދަލުވުންތަކުގައި ރާއްޖެއާއި އީޔޫއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.
ހާރިޖީ ވަޒީރު ބެލްޖިއަމަށް ކުރައްވާ ދަތުރުފުޅުގައި އީޔޫގެ އިސް ބޭފުޅުންނާއި ބައްދަލުކުރެއްވުމުގެ އިތުރުން، 3 ވަނަ "އީޔޫ އިންޑޯ ޕެސިފިކް މިނިސްޓީރިއަލް ފޯރަމް"ގައިވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުންހުރި

އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 57 ވަނަ ސެޝަން ނިންމާލައިފި

ރާއްޖެއަށް ހެޔޮގޮތް އެދޭ ކޮންމެ ބަޔަކާ އެކު މަސައްކަތްކުރާނަން - ޒަމީރު

ރަސްމީ ދަތުރުފުޅެއްގައި ހާރިޖީ ވަޒީރު ހިމެނޭހެން ތިން ވަޒީރަކު ޗައިނާއަށް ވަޑައިގަންނަވަނީ
