
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި
# ޕާކިސްތާން# އިމްރާން ޚާންޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުލަތުގެ ސިއްރުތައް ލީކުކޮށްލި ކަމުގެ ތުހުމަތުގައި 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

2022 ވަނަ އަހަރު އިދިކޮޅު ފަރާތްތަކުން ބޮޑުވަޒީރުކަމުން ދުރުކުރި އިމްރާން މިހާރުވެސް ގެންދަވަނީ ކޮރަޕްޝަންގެ ކުށް ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
އޭނާގެ މައްޗަށް ކޮށްފައިވާ ހުރިހާ ތުހުމަތަކީވެސް ވެސް ސިޔާސީ މަގްސަދެއްގައި ކޮށްފައިވާ ތުހުމަތެއް ކަމަށް ބުނެ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.
އޭނާގެ މައްޗަށް ހުކުމް ކޮށްފައި މިވަނީ އެގައުމުގެ އާންމު އިންތިޚާބަށް ހަފުތާއެއްހާ ދުވަސް ވެފައި ވަނިކޮށެވެ. އޭނާގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ކޮށްފައިވާތީ އޭނާއަށް އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އިމްރާން ހުންނެވީ އަޑިއާލާ ޖަލުގަ އެވެ. ފާއިތުވި މަހެއްހާ ދުވަހު ހިނގަމުން އަންނަ ހާއްސަ ކޯޓުގެ ޝަރީއަތުގެ އަޑުއެހުމަށް ބައިނަލްއަގުވާމީ މީޑިއާތަކަށް ވަނުމުގެ ފުރުސަތު ދީފައެއް ނުވެ އެވެ.