logoEN
WAMCO TOP 1
އިމާމުން ތަމްރީން ކުރުމުގެ ގައުމީ މަޝްރޫއު އިފްތިތާހުކޮށްފި

އިމާމުން ތަމްރީން ކުރުމުގެ ގައުމީ މަޝްރޫއު އިފްތިތާހުކޮށްފި

އަލްފާ އަލީ

logo

1/30/2024, 8:37:01 AM

# އިސްލާމިކް މިނިސްޓްރީ# އިމާމުން ތަމްރީންކުރުން

އިމާމުން ތަމްރީން ކުރުމުގެ ގައުމީ މަޝްރޫއު މިއަދު ވަނީ އިފްތިތާހުކޮށްފައި --- ފޮޓޯ| އިސްލާމިކް މިނިސްޓްރީ

އިމާމުން ތަމްރީންކުރުމުގެ ގައުމީ މަޝްރޫއު މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށައިފި އެވެ.

THE TRAVELLER AD

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު އިފްތިތާހުކޮށްދެއްވީ، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝެއިޚް މުހައްމަދު ލަތީފެވެ.

ރާއްޖޭގެ ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން 11 ސަރަހައްދެއްގައި ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ އިންޓެންސިވް ޓްރެއިނިންގ ޕްރޮގްރާމެކެވެ. ނުވަ މޮޑިއުލް ހިމެނޭ މި ޕްރޮގްރާމުގެ ކަރިކިއުލަމަކީ މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދުގެ ސީދާ އިރުޝާދުގެ ދަށުން އެކުލަވާލާފައިވާ ކަރިކިއުލަމެއް ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެއެވެ.

މުޅި ރާއްޖޭގައި މި ފަދަ ޕްރޮގްރާމެއް ހިންގުމުގެ މަގްސަދަކީ، އިމާމުކަމުގެ ދާއިރާއިން އިމާމުންނަށް އިންޓެންސިވް ތަމްރީނެއް ދިނުމާއި، މި ޒަމާނުގައި އިމާމުންނަށް ބޭނުންވާ، މިސްކިތްތަކާ ގުޅޭ އިތުރު މަޢުލޫމާތު ފޯރުކޮށްދިނުމެވެ. އަދި ގުރްއާނާއި، ތަޖުވީދުގެ ޢިލްމާއި، ތަފްސީރާއި ފިގުހާއި ޙަދީޘާއި އަގީދާގެ ޢިލްމުގެ ދާއިރާއިން އިމާމަކަށް ބޭނުންވާ މުހިއްމު ޢިލްމީ ކަންކަން އުނގަންނައި ދިނުމަކީވެސް މި ޕްރޮގްރާމުގެ މަގްސަދެކެވެ. އޭގެ އިތުރުން މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރެވޭނެ ވަރަށް އިމާމުންގެ ޝަހްސިއްޔަތު ބިނާކުރުމަކީވެސް މިފަދަ ބޮޑު މަޝްރޫއެއްގެ އެއް މަގްސަދެވެ.

ކޯހުގައި ކިޔަވައިދޭ މާއްދާތައް:

1. އަގީދާއާއި އިސްލާމީ އަޚްލާޤު (العقيدة والأخلاق الإسلامية)

2. ތަޖުވީދު: ތިއޮރީ އަދި ޕްރެކްޓިސް (التجويد: النظرية والتطبيق)

3. މުޖުތަމައު ބިނާކުރުމުގައި މިސްކިތުގެ ދައުރު (دور المسجد في بناء المجتمع)

4. އަޅުކަމުގެ ފިގުހު: ޙުކުމްތަކާއި އަސާސުތައް (فقه العبادات: الأحكام والمبادئ)

5. ކީރިތި ގުރުއާނުގެ ތަފްސީރާއި ޤުރްއާނަށް ތަދައްބުރުކުރުން (تفسير القرآن وتدبره)

6. ގުރްއާނިކް އަރަބިކް (تعلم اللغة العربية من القرآن)

7. ޙަދީޘާއި އިސްލާމީ ޘަޤާފަތް (الحديث والثقافة الإسلامية)

8. ޢުލޫމުލް ގުރްއާނަށް މަގެއް (مدخل إلى علوم القرآن)

9. ދައުވާގެ އުސުތަކާއި ޚިޠާބާ (أصول الدعوة والخطابة)

މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ އެންމެ ފުރަތަމަ ޓްރެއިނިންގ ޕްރޮގްރާމް އަންނަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގައި ގއ. ގެމަނަފުށީގައި ފަށާ ގޮތަށް ވަނީ ހަމަ ޖެހިފައެވެ.

ކޮމެންޓް
ފަހުގެ
HDC