logoEN
WAMCO TOP 1
ވަގު ސެޓްފިކެޓްތަކެއް ބޭނުން ކުރަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ވަގު ސެޓްފިކެޓްތަކެއް ބޭނުން ކުރަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

އަހުމަދު ޝުރާއު

logo

1/29/2024, 1:44:19 PM

# އެމްކިއުއޭ

އެމްކިއުއޭގެ ބައްދަލުވުމެއްގެ ތެރެއިން

ވަގު ތައުލީމީ ސެޓެފިކެޓް ތަކެއް ބޭނުންކުރަމުންދާކަމަށް ބުނެ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އިލްތިމާސްކޮށްފި އެވެ.

THE TRAVELLER AD

އެމްކިއުއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގަމުންދާ މަތީ ތައުލީމުދޭ މަރުކަޒުތަކުން ކުރިއަށް ގެންދާ ތައުލީމާއި ތަމްރީން ޕްރޮގްރާމުތައް ފުރިހަމަކުރުމުން ދޭ ލޯކަލް ސަނަދުތަކުގައި ކުރިން ޖަހަމުން ދިޔަ "ރިކޮގްނިޝަން" ތައްގަނޑު ޖެހުން ސެޕްޓެމްބަރު 1، 2016 ގައި ހުއްޓާލާފައިވާ ކަމަށެވެ. ނަމަވެސް އެ އޮތޯރިޓީގެ ފޭކް "ރިކޮގްނިޝަން" ތައްގަނޑު ބޭނުންކޮށް އަދި އެތަނުގެ މުވައްޒަފެއްގެ ސޮއި ފޯޖްކޮށްފައިވާ ސަނަދުތަކެއް ބަޔަކު ބޭނުން ކުރަމުންދާކަން އެއިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އެމްކިއުއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.

މި ކަންކަމަކީ އެ އޮތޯރިޓީގެ މުވައްޒަފުންގެ ހައްގަށް ލިބޭނެ އުނިކަމެއް ކަމަށާއި އަދި މިއީ މަތީ ތައުލީމާއި ތަމްރީންގެ ފެންވަރު ކަށަވަރު ކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތާ މެދު އާންމުންގެ މެދުގައި ސުވާލު އުފެދުމަށް މެދުވެރިވާ ކަމެއްކަމަށްވެސް ބަޔާނުގައި ބުނެފައި އެވެ.

View post on Twitter

އެމްކިއުއޭއިން ވަނީ މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް މި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެފައި އެވެ.

އަދި ފޭކް ތައްގަނޑު މައްސަލައިގައި ކަމާ ގުޅުންހުރި ފަރާތްތަކާ އެކީ މަޝްވަރާތަކެއް ވެސް ކުރިއަށްދާ ކަމަށާއި އަދި މިފަދަ ކަންކަމަށް މަތީ ތައުލީމް ފޯރުކޮށްދޭ އިދާރާތަކުންނާއި ވަޒީފާ ދޭ އިދާރާތަކުން ސަމާލުވުމަށް ވެސް އެއިިދާރާއިން ވަނީ އެދިފައި އެވެ.

ކޮމެންޓް
ފަހުގެ
HDC