logoEN
cocacola
ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަކީ އަމިއްލަ މަސްލަހަތު ކުރިއެރުވޭތޯ ހިންގާ ހަރަކާތެއް - ޝަރީފް

ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަކީ އަމިއްލަ މަސްލަހަތު ކުރިއެރުވޭތޯ ހިންގާ ހަރަކާތެއް - ޝަރީފް

އައިޝަތު އިފާޝާ

logo

1/29/2024, 4:05:26 AM

# ރައްޔިތުންގެ މަޖިލިސް# ވަޒީރުންގެ މަޖިލިސް# ދަ ޑިމޮކްރެޓްސް# އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް - ފޮޓޯ: މަޖިލިސް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ ވަޒީރުންގެ މަޖިލީހުގެ ބައެއް ބޭފުޅުންނަށް އިދިކޮޅު އެމްޑީޕީ/ޑިމޮކްރެޓްސްގެ މަޖިލިސް މެންބަރުން ރުހުން ނުދިނުމުގެ މަގްސަދަކީ އަމިއްލަ މަސްލަހަތު ކުރިއެރުވޭތޯ ހިންގާ ހަރަކާތެއް ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ޝަރީފް މިހެން ވިދާޅުވެފައިވަނީ ހަތަރު ވަޒީރަކަށް ރުހުން ނުދިނުމަށް އެމްޑީޕީ/ޑިމޮކްރެޓްސްގެ ބައެއް މަޖިލިސް މެންބަރުން ނިންމުމާއި ގުޅިގެން ވަޒީރުންނަށް ރުހުން ދިނުމަށް އިއްޔެ ބާއްވަން އުޅުނު ޖަލްސާ ނުބޭއްވި މަޖިލީހުގެ މެންބަރުންގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގާފައިވާ ދަނޑިވަޅެއްގައެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މެންބަރު ޝަރީފް ވިދާޅުވީ, ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ރާވާ ރޭވުމުގެ ފަހަތުގައިވަނީ އެއްގޮތަކަށްވެސް އެބޭފުޅުން ނާގާބިލުވުމެއް ނޫން ކަމަށެވެ. ޝަރީފް ވިދާޅުވީ, އެއީ މާ ބޮޑަށް ގާބިލުކަމަށް އިދިކޮޅު ލީޑަރުންނަށް ގަބޫލުކުރެއްވުން ކަމަށާއި އެއީ ވަރަށް ނުރައްކާތެރި ގައުމަށް ގެއްލުން ހުރި ނިންމުމެއް ކަމަށެވެ.

ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ނިންމުމުގަ ޒާތީ ކަންކަން ހުރި ނަމަވެސް އެއަށްވުރެން މާ ނުބައި ނިޔަތެއް މީގައި އެކުލެވޭ. މިސާލަކަށް ޑރ ޝަހީމް އަކީ އިސްލާމީ ގައުމުތަކާ ގާތް ގުޅުމެއް އޮންނަ ބޭފުޅަކަށްވާތީ އެ ގައުމުތަކުން އިތުރު ހޯދާފާނެ ކަމަށް ބަލައިގެން ރުހުން ނުދެނީ - ޝަރީފް ކުރެއްވި ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.

އަދި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ މަގާމަށް އައްޔަނުކުރައްވާފައިވާ މުހައްމަދު ސައީދަށްވެސް ރުހުން ނުދޭން މަސައްކަތް ކުރަމުންގެންދަނީ, އެމަނިކުފާނަކީ ކަމަށް ގާބިލު ވުމުގެ އިތުރުން ޕްރޮޖެކްޓްތަކަށް ޗައިނާގެ އެހީ ހޯދުމުގައި އިސް ދައުރެއް އަދާކުރުމުގެ ގާބިލުކަން ހުރި ބޭފުޅެއް ކަމަށް ބަލާފައި ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މައިގަޑު ގޮތެއްގައި ބަލާފަ އެހުރީ ރާއްޖެއަށް ބޭރުގެ އެހީ ހޯދުމަށް ހުރަސް އަޅާ ޕްރޮޖެކްޓްތައް ލަސްކުރަން. ވަޒީރުންނަށް ރުހުން ނުދީ ލަސް ކުރުމާ އަދި ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމުގެ ފަހަތުގަ އޮތީ ޕްރޮޖެކްޓް ލަސްކުރުމާ ބޭރުގެ އެހީ ހޯދަން ހުރަސް އެޅުމުގެ ނިޔަތް. ރައްޔިތުންގެ މަސްލަހަތައްވުރެން އަމިއްލަ މަސްލަހަތު ކުރިއެރުވޭތޯ ހިންގާ ހަރަކާތެއް - ޝަރީފް ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް ދައުރުން ބޭރުން އިއްޔެ ބާއްވަން މަސައްކަތް ކުރި ޖަލްސާގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު މުހައްމަދު ޝަހީމް އަލީ ސައީދު އާއި, އިކޮނޮމިކް މިނިސްޓަރ އަހުމަދު ސައީދުގެ އިތުރުން, އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ނުދިނުމަށް އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ޕާލަމެންޓަރީ ގުރޫޕުން ވަނީ ނިންމާފައެވެ.

އޭގެ އިތުރުން ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފާއި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލަށް ރުހުން ނުދިނުމަށް ވެސް އެ ދެ ޕާޓީގެ ވިސްނުން އެބަހުއްޓެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ވަކި ގޮތެއް އަދި ނިންމާފައިނުވެއެވެ.

ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމި ސަބަބުތަކުގެ ތެރޭގައި މާލެ ރައްޔިތުންނަށް ދޫ ކޮށްފައިވާ ގޯތިތައް ނުދީ ހިފެހެއްޓުމާއި އިންޑިއާއާ ގުޅުން ގޯސްވުން ހިމެނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ