
މިފްކޯގެ ބޯޑަށް މަސްވެރިން ތަމްސީލުކުރާ ފަރާތެއް އައްޔަންކުރުމަށް ރައީސް ނިންމަވައިފި
# ޑރ. މުހައްމަދު މުއިއްޒު# ވަޒީރުންގެ މަޖިލިސް# ދިވެހި މަސްވެރިން# މިފްކޯ# ރައީސުލްޖުމްހޫރިއްޔާމިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓަޑް (މިފްކޯ) ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް ހަފުތާ 14 ގައި ހިމަނާފައިވާ ހަރަކާތުގެ ދަށުން، މިފްކޯގެ ބޯޑަށް މަސްވެރިން ތަމްސީލުކުރާ ފަރާތެއް ޢައްޔަންކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާއާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

އެމަނިކުފާނު މި ނިންމެވުން ނިންމެވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ .
މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް ހަފުތާ 14 ގައި ކަނޑައަޅާފައިވާ ކަންތައް ފުރިހަމަކުރުމަށް މިފްކޯ ބޯޑުގައި މަސްވެރިން ތަމްސީލުކުރާ ފަރާތެއް މިވަގުތަށް ހިމެނުމަށްޓަކައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އާންމުކޮށް ޢިއުލާނުކޮށް ހުޅުވާލައި އެކަމަށް ޝައުގުވެރިކަން ފާޅުކޮށް އެޕްލިކޭޝަން ހުށަހަޅާފައިވާ ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މަސްވެރިއެއް މިފްކޯ ބޯޑަށް ޢައްޔަނުކުރުމަށް މިއަދުގެ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށްފަހު އެމަނިކުފާނު ނިންމެވިއެވެ.
މީގެ އިތުރުން ރާއްޖޭގެ އެންމެހާ މަސްވެރިން ޝާމިލުވުން ހިމެނޭގޮތަށް 'މަސްވެރިންގެ ކޯޕަރޭޓިވް ސޮސައިޓީ' އެއް އެކުލަވައިލުމަށް އެންމެ އެކަށޭނަ މޮޑެލަކާ ގުޅޭގޮތުން އެހެން ޤައުމުތަކުގެ ތަޖުރިބާއާއި، ކަމާގުޅޭ އިތުރު ދިރާސާތަކުގެ އަލީގައި ކޮންސެޕްޓްތަކެއް އެކުލަވާލުމަށާއި، މަސްވެރިންގެ ކޯޕަރޭޓިވް ސޮސައިޓީއެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލައި މަސްވެރި މުޖުތަމަޢާއެކު އެއްބަސްވުމަކަށް އައުމަށް މިއަދުގެ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށްފަހު ރައީސުލްޖުމްހޫރިއްޔާ ނިންމެވިއެވެ
ގުޅުންހުރި

ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތަށް ފަހިކޮއްދިނުމަށް އެންސީއެސް އަދި މިފްކޯ އިން މަޝްވަރާކޮއްފި
.webp&w=3840&q=75)
އަންގާރަ ދުވަހުން ފެށިގެން ސަރުކާރުން ހަދިޔާކުރާ މަސްކޭސް މާލޭގައި ދޫކުރާނީ މިފްކޯގެ މަސްފިހާރަތަކުން!

މިފްކޯގެ އައު ސީއީއޯއަކަށް ބްރިގޭޑިއަރ ޖެނެރަލް (ރޓ) ފަރުޙަތު ޝަޙީރު
