
ސައީދު، ހައިދަރު، އުޝާމް އަދި ޝަހީމަށް ރުހުން ނުދޭން އެމްޑީޕީން ނިންމައިފި
# ވަޒީރުންނަށް ރުހުން ދިނުން# އެމްޑީޕީ# ރައްޔިތުންގެ މަޖިލިސްއެމްޑީޕީ ޕީޖީ ލީޑަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ---
މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރުހުން ނުދިނުމަށް އެމްޑީޕީން ނިންމައިފި އެވެ.

އެގޮތުން އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުން ނިންމާފައިވަނީ، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީ އާއި ބެހޭ ވަޒީރު ޑރ.އަލީ ހައިދަރު، އިޤްތިޞާދީ ވަޒީރު މުހައްމަދު ސައީދު, އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް އަލީ ސައީދުގެ އިތުރުން އެޓާނީ ޖެނެރަލް، އަޙްމަދު އުޝާމަށް ރުހުން ނުދިނުމަށެވެ.
އޭޖީގެ އިތުރުން 3 ވަޒީރުންނަށް ރުހުންދޭން ނުފެންނަ ކަމަށް ވޯޓުދިނުމަށް ފާސްކުރަން ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީއެވެ. މި ނިންމުމަށް ތާއީދުކުރެއްވީ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުއެވެ.
އެމްޑީޕީން މި ނިންމުން ނިންމި އިރު ޑިމޮކްރެޓްސް އިން ވެސް ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ތްރީލައިން ވިޕެއް ނެރެފައެވެ.
ގުޅުންހުރި

އެމްޑީޕީގެ ރަސްމީ ދަތުރުތަކެއް: ފައްޔާޒު ށ އަތޮޅަށް، ޝާހިދު އައްޑޫ ސިޓީއަށް!

އެމްޑީޕީގެ ކޮންގްރެސް އޮގަސްޓު 15 ގެ ކުރީން ބާއްވަން ފާސްކޮށްފި

އެމްޑީޕީގެ ކުއްލި ކޮންގްރެސްއެއް ބާއްވަން ނިންމަން ގައުމީ މަޖިލީސް އެއްވަނީ
