
އެމްޕޯލީ އާއި އެއްވަރުވެ، ލީޑު ފުޅާކުރަން ލިބުނު ފުރުސަތު ޔުވެންޓަސް އިން ނަގާލައިފި
# އިޓާލިއަން ސެރިއޭ# އެމްޕޯލީ # ޔުވެންޓަސްއެމްޕޯލީ އާއި ޔުވެންޓަސް ވާދަކުރި މެޗުގެ ތެރެއިިން
އިޓާލިއަން ސެރިއޭގައި ހޮނިހިރު ދުވަހުގެ އަމިއްލަ ދަނޑުގައި އެމްޕޯލީ އާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، ލީގު ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކުރުމަށް ލިބުނު ފުރުސަތު ޔުވެންޓަސް އިން ނަގާލައިފި އެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ޔުވެންޓަސް އަށް އުނދަގޫތަކެއް ކުރިމަތިވީ ފުރަތަަމަ ހާފުގެ 16 ވަނަ މިނެޓުގައި އެޓީމުގެ ޕޮލެންޑް ފޯވާޑް މިލިކް އަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.
ޔުވެންޓަސް އިން އެއް ކުޅުންތެރިއެއް މަދުވުމުގެ ފައިދާ ނަގައި އެމްޕޯލީ އިން ވަނީ މިހަާފުގައި ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފު ފެށިގެން ފަސްވަނަ މިނެޓްގައި ޔުވެންޓަސް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސާބިއާގެ ފޯވާޑް ޑުސާން ވްލޮހަވިޗް އެވެ. މިއީ ޔުވެންޓަސް އެންމެ ފަހުން ކުޅުނު ތިން މެޗުގައި އޭނާ ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ.
އެމްޕޯލީ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިޓަލީ މިޑްފީލްޑަރު ޓޮމްމާސޯ ބަލްޑަންޒީ އެވެ. މިއީ އެޓީމުގެ ޑިފެންޑަރު ސެބަސްޓިއަނޯ ލުޕާޓޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މިނަތީޖާއާއެކު 22 މެޗުން ޔުވެންޓަސް އަށް 53 ޕޮއިންޓް ލިބިފައިވާއިރު، ދެވަނަގައި އޮތް އިންޓަ މިލާނަށް 20 މެޗުން ވަނީ 51 ޕޮއިންޓް ލިބިފައެވެ. އަދި މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު 22 މެޗުން އެމްޕޯލީ އަށް 17 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 19 ވަނައިގައެވެ.
ގުޅުންހުރި

ވްލަހޮވިޗްގެ ދެލަނޑާއެކު ޖެނޯއާ ބަލިކޮށް ޔުވެންޓަސް ލީގުތާވަލުގެ އެއްވަނައަށް

ޔުވެންޓަސް އާއި ރޯމާގެ ކުރިމަތިލުން އެއްވަރު

ބާކީ ފަސް މެޗު އޮއްވައި އިޓާލިއަން ލީގު ޗެންޕިއަންކަން އިންޓަ މިލާނުން ކަށަވަރުކޮށްފި

އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި ލަނޑާއެކު އުދިނޭޒީ ބަލިކޮށް އިންޓަ މިލާނުން ލީޑު ފުޅާކޮށްފި
ފަހުގެ

ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު އާދީއްތާގައި ހުޅުވާލަނީ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާދިނުމާ ގުޅޭ މިންގަނޑުތަކުގެ ވޯކްޝޯޕެއް ބާއްވައިފި

މާލެ ސިޓީ ކައުންސިލުން 50 ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލައިފި

ކެންދޫއާއި ދޮންފަނު ގޮނޑުދޮށް ގިރުމުގެ މައްސަލަ ޙައްލުކުރުމަށް މަޝްވަރާކޮށްފި

ގަން އެއަރޕޯޓުގެ މަގު ހެދުމުގައި ދިމާވި މައްސަލަ ހައްލުވެގެންދިޔައީ އައްޑޫ ރައްޔިތުންގެ ހިތްވަރުން - މުއްތަލިބު
