logoEN
cocacola
ރަށުން ބޭރުގައި އޮގްސްބާގް އަތުން މޮޅުވެ ބަޔާން އިން ފަރަގު ކުޑަކޮށްފި

ރަށުން ބޭރުގައި އޮގްސްބާގް އަތުން މޮޅުވެ ބަޔާން އިން ފަރަގު ކުޑަކޮށްފި

ހަސަން ޝަމްއޫން

logo

1/27/2024, 5:59:44 PM

# ބުންޑެސްލީގާ# ބަޔާން މިއުނިކް

ބަޔާން މިއުނިކާއި އޮގްސްބާގް ވާދަކުރި މެޗުގެ ތެރެއިިން

ޖަރުމަނު ބުންޑަސްލީގާގައި މިރޭ ރަށުން ބޭރުގައި 3-2 ގެ ނަތީޖާއަކުން އޮގްސްބާގް ބަލިކޮށް ބަޔާން މިއުނިކުން އެއްވަނާގައި އިތް ބަޔާން ލެވަކޫސަން އާއި ދެމެދުގައިވާ ފަރަގު ކުޑަކޮށްފި އެވެ.

ގޮސިޔާ

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މެޗުގެ 12 ވަނަ މިނެޓުގައި އޮގްސްބާގް އިން ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

ބަޔާން މިއުނިކުން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އެލެގްޒެންޑާ ޕަވްލޮވިޗް އެވެ. އަދި ފުރަތަަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމުގެ ކެނެޑާ ޑިފެންޑަރު އަލްފޮންސޯ ޑޭވިސް ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ބަޔާން މިއުނިކް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި އޮގްސްބާގް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 52 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބޮސްނިޔާގެ މިޑްފީލްޑަރު އެރްމެޑިން ޑެމިރޮވިޗް އެވެ.

ނަމަވެސް އޭގެ ހަ މިނެޓް ފަހުން ބަޔާންގެ އިގިރޭސި ފޯވާޑް ހެރީ ކޭން ވަނީ ލަނޑެއް ކާމިޔާބުކޮށް އަނެއްކާވެސް އެޓީމަށް ދެލަނޑުގެ ލީޑެއް ހޯދައިދީފައެވެ. މިއީ މިސީޒަނުގައި ޕްރެމިއާ ލީގުގެ ޓޮޓެންހަމް ދޫކޮށް ބަޔާން މިއުނިކަށް ބަދަލުވި ފަހުން ލީގުގައި ކުޅުނު 19 މެޗުގައި އޭނާ ކާމިޔާބުކުރި 23 ވަނަ ލަނޑެވެ.

ނަތީޖާގެ ފަރަގު ކުޑަކުރުމަށް މެޗުގެ 88 ވަނަ މިނެޓުގައި އޮގްސްބާގް އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އެޓީމުގެ ފޯވާޑް ސްވެން މައިކަލް ކުރިއަށް ފޮނުވާލި ޕެނަލްޓީ ބަޔާންގެ ކީޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މިމެޗުގައި އޮގްސްބާގް އިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ އެރްމެޑިން ޑެމިރޮވިޗް އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ބަޔާން މިއުނިކް ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 19 މެޗުން ބަޔާން މިއުނިކަށް 47 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި އޮގްސްބާގް އަށް 19 މެޗުން ލިބުނު 21 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 13 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ