logoEN
cocacola
ބީއެމްއެލް އިސްލާމިކްގެ އޭޓީއެމް ސެންޓަރެއް ފޭސް 2 ގައި

ބީއެމްއެލް އިސްލާމިކްގެ އޭޓީއެމް ސެންޓަރެއް ފޭސް 2 ގައި

އައިޝަތު އިފާޝާ

logo

1/25/2024, 8:40:30 AM

# ބޭންކް އޮފް މޯލްޑިވްސް# ހުޅުމާލެ ފޭސް 2

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލޭ ފޭސް 2 ގައި ހުޅުވި އޭޓީއެމް - ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކްގެ އޭޓީއެމް ސެންޓަރެއް ހުޅުމާލެ ފޭސް 2ގައި ހުޅުވައިފިއެވެ.

ގޮސިޔާ

ވިނަރެސް ޓަވަރ 8ގައި ހުޅުވި މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް ފަސޭހަކަމާއެކު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ މިއަހަރު ތެރޭގައި ބީއެމްއެލްގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

" އަޅުގަނޑުމެންގެ ނެޓްވޯކް ފުޅާކޮށް ޒަމާނީ ހިދުމަތްތައް އެކުލެވޭ އޭޓީއެމް ސެންޓަރެއް ހުޅުމާލެ ފޭސް 2 ގައި ހުޅުވުނުކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މިވަގުތުވެސް 3 އޭޓީއެމް ސެންޓަރާއި ބްރާންޗް އަދި ކޮންޓެކްޓް ސެންޓަރ ހުޅުމާލޭ ފޭސް 1ގައި ގާއިމްކޮށް ކަސްޓަމަރުންނަށް ހިދުމަތްދެމުންދާކަމީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއްވެސްމެ. އަދި މިއަހަރު ތެރޭގައި އަޅުގަނޑުމެންގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް މަސައްކަތްކުރަމުންދާނަން" ނޫރައްދީން ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 83 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 138 އޭޓީއެމް، 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތެއް ބީއެމްއެލުން ދަނީ ފޯރުކޮށްދެމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ