
-
ހުޅުމާލެ ފޭސް 2 ގައި އަލަށް ޢިމާރާތް ކުރެވުނު މިސްކިތް ހުޅުވައިފި އެވެ.

ހުޅުމާލެ މަސްޖިދުލްއީމާންގެ ނަމުން ނަންދީފައިވާ މި މިސްކިތް ރަސްމީކޮށް ހުޅުވީ މިއަދު ހުކުރު ނަމާދަށް ފަހުގައިއެވެ.
ގިނަ ބަޔަކު ބައިވެރިވި އެމިސްކިތުގެ ފުރަތަމަ ހުކުރުގައި ހުކުރު ނަމާދު އިމާމުވެ ކުރެއްވީ ޒުވާން ޚަޠީބު އަލްޙާފިޒު ޢުވައިސް ބިން އިނާޒުއެވެ.
މިމިސްކިތަކީ 1200 މީހުންނަށް ނަމާދު ކުރެވޭ ޖާގަ ހުރި މިސްކިތެކެވެ.
3 ފުލޯއަށް އިމާރާތްކޮށްފައިވާ މިމިސްކިތް ބިނާކޮށްދެއްވީ އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައިއެވެ.





%20(1).webp&w=3840&q=75)

