
ފޭސް 2 ގައި އަލަށް ހުޅުވާ ޝަހީދު އަލީ ސްކޫލަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލައިފި
# ހުޅުމާލެ ފޭސް 2ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރަމުންދާ ޝަހީދު އަލީ ސްކޫލު - ފޮޓޯ / ޕިއެސްއެމް
2026 ވަނަ އަހަރުގެ ދިރާސީ އަހަރަށް، ހުޅުމާލެ ފޭސް 2 ގައި އަލަށް ހުޅުވަން ހަމަޖެހިފައިވާ ޝަހީދު އަލީ ސްކޫލަށް ގްރޭޑް 2 އިން 10 އަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާލެ ސަރަޙައްދު ހިމެނޭހެން ދިވެހިރާއްޖޭގެ އެންމެހައި ސްކޫލްތަކުން ޝަހީދު ޢަލީ ސްކޫލަށް ދަރިވަރުން ވެއްދުމަށް، އެ ދަރިވަރެއް މިހާރު ކިޔަވަމުންދާ ސްކޫލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.
މާލެ ސަރަހައްދުގެ ސަރުކާރު ސްކޫލުތަކުގައި މިހާރު ކިޔަވަމުންދާ ދަރިވަރުން އަދި މާލެ ފިޔަވާ އެހެން ސިޓީތަކާއި ރަށްރަށުގެ ސްކޫލްތަކުގައި މިހާރު ކިޔަވަމުންދާ ދަރިވަރުން ފޯމް ފުރިހަމަކުރުމަށްފަހު މިހާރު ކިޔަވަމުންދާ ސްކޫލަށް ހުށަހެޅުއްވުމުން، އެ ސްކޫލުން ޕޯޓަލް މެދުވެރިކޮށް ޓްރާންސްފަރ ރިކުއެސްޓް މިނިސްޓްރީއަށް ފޮނުވަންޖެހޭނެކަންވެސް ވަނީ ފާހަގަކޮށްފައި އެވެ.
އަދި ޕްރައިވެޓް ސްކޫލްތަކާއި އެހެނިހެން ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް، ޝަހީދު އަލީ ސްކޫލަށް ވަނުމަށް އެދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް އީމެއިލް ނުވަތަ ސިޓީ ފޮނުވުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލެވިފައެވެ.
ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އޮކްޓޫބަރު 30 ވަނަ ދުވަހުގެ ނިޔަލަށެވެ.



%20(1).webp&w=3840&q=75)



