logoEN
cocacola
ފުލަމް ކަޓުވާލުމަށްފަހު ލިވަޕޫލް ފައިނަލަށް

ފުލަމް ކަޓުވާލުމަށްފަހު ލިވަޕޫލް ފައިނަލަށް

ހަސަން ޝަމްއޫން

logo

1/25/2024, 4:00:43 AM

# އިގިރޭސި ލީގުކަޕް

ލުއިސް ޑިއާޒް ފުލަމް ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ

އިގިރޭސި ލީގުކަޕް ސެމީފައިނަލްގެ ދެވަނަ ލެގުގައި ބުދަދުވަހުގެ ރޭ ރަށުން ބޭރުގައި 1-1 ގެ ނަތީޖާއަކުން ފުލަމް އާއި އެއްވަރުވެ ، 3-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ މުބާރާތުގެ ފައިނަލުން ލިވަޕޫލް ޖާގަ ހޯދައިފި އެވެ.

ގޮސިޔާ

ލިވަޕޫލުގެ ދަނޑުގައި ކުޅެވުނު ފުރަތަަމަ ލެގުގެ މެޗު 2-1 ގެ ނަތީޖާއަކުން އެޓީމު ކާމިޔާބުކޮށްފައިވާއިރު، މި މެޗުގައި ވެސް ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ލިވަޕޫލުން ނެވެ. މިލަނޑު ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކޮލަމްބިއާ ފޯވާޑް ލުއިސް ޑިއާޒް އެވެ. މިއީ އެޓީމުގެ އިގިރޭސި ޒުވާން ޑިފެންޑަރު ޖަރެލް ކުއާންސާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ޑިއާޒް އިތުރު ލަނޑެއް ކާމިޔާބު ކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައިި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، ފަހުފާފުގެ 53 ވަނަ މިނެޓުގައި ފުލަމްގެ ބްރެޒިލް މިޑްފީލްޑަރު އަންދްރެސް ޕެރެއިރާ އަށް ލިބުނު ހުސް ފުރުސަތެއްގައި އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ފުލަމް އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު އިސާ ޑިއޮޕް އެވެ. މިއީ އެޓީމުގެ މިޑްފިލްޑަރު ހެރީ ވިލްސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މުބާރާތުގެ ފައިނަލްގައި ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ވެމްބްލީ ސްޓޭޑިއަމުގައި ލިވަޕޫލުން ނުކުންނާނީ ޗެލްސީ އާއި ދެކޮޅަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ