logoEN
cocacola
ވިލިނގިލީގައި ހޯއްގޮވާ ކެއްސުން ބައްޔަށް ތިން ކުއްޖަކު ޕޮޒިޓިވް

ވިލިނގިލީގައި ހޯއްގޮވާ ކެއްސުން ބައްޔަށް ތިން ކުއްޖަކު ޕޮޒިޓިވް

އަލްފާ އަލީ

logo

1/23/2024, 2:44:38 PM

# ގއ. ވިލިނގިލި# އެޗްޕީއޭ

ގއ. ވިލިނގިލި

ގއ. ވިލިނގިލިން ޕަޓޫސިސް ނުވަތަ ހޯއްގޮވާ ކެއްސުން ބައްޔަށް ތިން ކުއްޖަކު ފައްސިވެއްޖެއެވެ.

ގޮސިޔާ

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ބަލިން ރައްކާތެރިވުމަށް ގަވައިދުން ވެކްސިން ދޭން ފެށުމާ ގުޅިގެން މި ބަލި ވަނީ ރާއްޖޭގައި ކޮންޓްރޯލް ކުރެވިފައި ކަމަށެވެ. ނަމަވެސް މި ބަލީގެ ވޭދަނަ ރާއްޖޭގައި ވަރަށް މަދުން ފެންނަ ކަމަށް އެޗްޕީއޭގެ ބަޔާނުގައިވެއެވެ.

ވިލިނގިލިން މި ބައްޔަށް 3 ކުއްޖަކު ފައްސިވެފައިވާއިރު، އެޗްޕީއޭ އިން ވަނީ މި ބަލިން ރައްކާތެރިވުމަށް މަަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން އައިޖީއެމްއެޗާއި ގއ. އަތޮޅު ހޮސްޕިޓަލް ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމާއި ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ އަހަރު ނުވާ ކުދީންނާއި މާބަނޑު މީހުންނަށް އެންޓިބޮޔަޓިކް ޕްރޮފައިލެކްސިން ދިނުމާއި ބަލީގެ އަލާމަތް ހުރި ކޮންޓެކްޓުން ބައްޔަށް ޓެސްޓް ކުރުމާއި ބަލީގެ އަލާމާތްތައް ހުރި ކޮންޓެކްޓުންނަށް ބޭސް ދިނުން ހިމެނެއެވެ. އަދި ގއ އަތޮޅު ހޮސްޕިޓަލުން މިކަމަށް ޚާއްސަ ޓާސްކްފޯހެއް އެކުލަވާލައި، ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ރަށުގެ މުއައްސަސާތަކާއި ގުޅިގެން ވަނީ މިހާރު ފަށާފައެވެ.

ހޯއްގޮވާ ކެއްސުން ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. ހޯއްގޮވާ ކެއްސުން ޖެހުމުން ފުރަތަމަ ފެންނާނީ އާންމު ރޯގާތަކުގައި ވެސް ފެންނަ އަލާމާތްތަކެވެ. މީގެ އިތުރުން ހަފުތާއެއްހާ ދުވަސް ފަހުން ވަރަށް ބޮޑަށް ކެއްސައި، މި ކެއްސުން ގިނަ ދުވަހަށް ދިގުލައިގެން ދެއެވެ. ތުއްތުކުދިންނަށް މީގެ އިތުރުންވެސް ބައެއް އަލާމާތްތައް ފެނިދާނެއެވެ. އަދި ވެކްސިން ފުރިހަމަކޮށްފައިވާ ކުއްޖަކަށް ނުވަތަ ބޮޑު މީހަކަށް މި ބަލި ޖެހިއްޖެނަމަ، ބަލީގައި މާބޮޑު އަލާމާތްތައް ނުފެނިދާނެ އެވެ.

މި ބަލި ޖެހުމުން ނުރައްކާ ބޮޑީ ވަރަށް ތުއްތުކުދިންނަށެވެ. އެހެންކަމުން 7 އަހަރު ނުވާ ކުދިންގެ ތެރެއިން މި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކޮށް ތިބި ކުދިން ވީހާވެސް އަވަހަކަށް ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެރަށެއްގެ ސިއްހީ ޚިދުމަތްދޭ މަރުކަޒަކުން ވެކްސިން ޖެހެން ހުންނާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.

މީގެ އިތުރުން ރޯގާޖެހި ކެއްސައި، ކެއްސުން ދިގުލައިގެން ދާނަމަ، ނުވަތަ ކެއްސުމުގެ ސަބަބުން އިތުރު އުނދަގޫތަކެއް ދިމާވާނަމަ، ނުވަތަ ދިގުމުއްދަތަކަށް ފަރުވާކުރާ އެހެން ބައްޔެއް ހުރިނަމަ، ނުވަތަ ތުއްތުކުއްޖެއް ނުވަތަ މާބަނޑު މީހަކު ނަލަ ލަސްނުކުރައްވާ ސިއްހީ ޚިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް ވަނީ އެދިފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ