logoEN
cocacola
ވެކްސިން ޖެހުމަށްފަހު ލޭގަނޑުވާކަމުގެ އެއްވެސް ހެއްކެއް ނެތް - އެސްޓްރަޒެނެކާ

ވެކްސިން ޖެހުމަށްފަހު ލޭގަނޑުވާކަމުގެ އެއްވެސް ހެއްކެއް ނެތް - އެސްޓްރަޒެނެކާ

# ކޮވިޝީލްޑް

Image: FILES-GERMANY-HEALTH-VIRUS-VACCINE-ASTRAZENECA

ކޮވިޝީލްޑް ވެކްސިންގެ ސަބަބުން ލޭގަނޑުވާ ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ފެނިފައިވާ ނުވާ ކަމަށް އެސްޓްރަޒެނެކާއިން ބުނެފިއެވެ.

ގޮސިޔާ

އެސްޓްރަނަކާއިން މިފަދައިން ބުނެފައި މިވަނީ އެކުންފުނިން އުފެއްދި ކޮވިޝީލްޑް ވެކްސިން ޖެހުމަށް ފަހު ލޭގަނޑުވެ އެކި ކަހަލަ މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ގިނަ ގައުމުތަކަކުން ހާމަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ޑެންމާކާއި ނޯވޭ ހިމެނޭހެން ބައެއް ގައުމުތަކުން ވަނީ އެ ވެކްސިން ބޭނުންކުރުން ހުއްޓާލާފައެވެ. އެންމެ ފަހުން ވެކްސިން މަނާކޮށް ހުއްޓާލީ ބަލްގޭރިއާއިންނެވެ.

ލޭގަނޑުވުމުގެ އިތުރުން ބައެއް ގައުމުތަކުން ވަނީ ވެކްސިން ދިން ބައެއް ފަރާތްތަކުން މަރުވެފައިވާކަންވެސް ހާމަ ކޮށްފައެވެ. އެގޮތުން އިޓަލީއިން އުމުރުން 50 އަހަރުގެ ފިރިހެނަކުވެސް ލޭގެ މައްސަލައެއް ޖެހިގެން މަރުވުމުން އެކަންވަނީ އިދާރާތަކުގެ ސަމާލު ކަމަށް ގެނެސްފައެވެ.

ޔޫކޭ މެޑިސިން ރެގިިއުލޭޓާސް ގެ އިތުރުން ޔޫރަޕިއަން ޔުނިއަން (އީޔޫ) އިންވެސް ވަނީ އެފަދަ ކަމެއް ޔަގީން ކުރެވިފައި ނުވާކަމަށާއި ވެކްސިން ދިނުން ކުރިއަށް ގެންދިޔުމަށް ގޮވާލާފައެވެ.

އެސްޓްޒެނެކާ އިން ބުނީ ވެކްސިން ދިން 10 މިލިއަން މީހުނަށް ބެލުމަށް ފަހު ވެކްސިންދިނުމަށްފަހު ލޭގަނޑުވާކަމުގެ އެއްވެސް ހެއްކެއް ފެނިފައިނުވާކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ