logoEN
cocacola
ހަސަން ލަތީފް ކާމިޔާބީ އިއުލާނުކުރައްވައިފި، ވަގުތީ ނަތީޖާ އިއުލާނުކުރުން މާދަމާ!

ހަސަން ލަތީފް ކާމިޔާބީ އިއުލާނުކުރައްވައިފި، ވަގުތީ ނަތީޖާ އިއުލާނުކުރުން މާދަމާ!

އަހުމަދު ޝުރާއު

logo

12/2/2023, 11:21:58 PM

images (2)

މިއަދު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުރިޔަށް ގެންދިޔަ ދަ ޑިމޮކްރެޓްސްގެެ އެތެރޭގެ އިންތިހާބުގައި އެޕާޓީގެ ރައީސް ކަމަށް ވާދަކުރި ހަސަން ލަތީފް ކާމިޔާބީ އިއުލާނުކުރައްވައިފި އެވެ.

ގޮސިޔާ

އެޕާޓީގެ އެ ޕާޓީގެ އިންޓަރިމް ޗެއާގެ މަގާމުގައި ހުންނެވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ކާމިޔާބީ އިއުލާނުކުރައްވާފައިމިވަނީ އެޕާޓީއިން ވަގުތީ ނަތީޖާ އިއުލާނު ނުރަނީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

ހަސަން ލަތީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވޯޓު ފޮށިތަކުގެ ނަތީޖާ ޝީޓުތަކުން ދައްކާ ގޮތުގައި ބޮޑު ތަފާތަކުން އޭނާ ކުރީގައި އުޅުއްވާ ކަމަށެވެ.

View post on Twitter

"މިއަދު މުޅި ރާއްޖޭގައި އެ ހިންގުނީ މުހިއްމު ސިޔާސީ ހަރަކާތެއް. ދެން އޮތީ ހަގީގީ މަސައްކަތް ފަށައިގަތުން،" ހަސަން ލަތީފު ކުރެއްވި ޕޯސްޓުގައިވެއެވެ.

ޑިމޮކްރެޓްސްއިން މިރޭ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރާނީ މާދަމާގެ ވަގުތެއްގައި ކަމަށެވެ. މިއާއި އެކު އެޕާޓީގެ ބައެއް ސަޕޯޓަރުން ދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށް މިރޭ ވަގުތީ ނަތީޖާ އިއުލާނުކުރުމަށް ގޮވާލަމުންނެވެ.

View post on Twitter

ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބުގައި 5،883 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެ އިންތިހާބުގެ ވޯޓުލުން ހެނދުނު 10:00 އިން 4:00 އާ ހަމައަށް ކުރިއަށްގެންދިޔަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ