
އެފްއެސްއެމްއިން ތިމާވެއްޓާ ރައްޓެހި ކޮތަޅެއް ތައާރަފްކޮށްފި
# ތިމާވެށި# އެފްއެސްއެމް# ފިއުލް ސަޕްލައިސް މޯލްޑިވްސްGAGyrOMbQAAM4a0
ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން ތިމާވެއްޓާ ރައްޓެހި ކޮތަޅެއް ތައާރަފްކޮށްފި އެވެ.

"ތިމާވެށި" ނަމުން ނަން ދެވިފައިވާ މި ކޮތަޅަކީ އެއްފަހަރަށް ވުރެ ގިނަ ފަހަރު ބޭނުންކުރެވޭ ތިމާވެއްޓާ ރައްޓެހި ކޮތަޅެކެވެ. މި ކޮތަޅު ތައާރަފްކޮށްފައިވަނީ އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.
މިފަދަ ކަމެއް ކުރުމުގެ ހިތްވަރު ލިބިފައިވަނީ ރާއްޖޭގައި އެއްފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކްގެ ބާވަތްތައް އިމްޕޯޓް ކުރުމާއި އުފެއްދުން މަނާކުރުމާއި ގުޅިގެން ކަމަށް އެކުންފުނިން ބުނެއެވެ. މިއީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކޮށް ތިމާވެއްޓާ ރައްޓެހި ގޮތެއް އުފެއްދުމަށް ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެއް ކަމަށްވެސް އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
އެފްއެސްއެމްގެ އިކޯ-ބޭގް "ތިމާވެށި" ދެ ސައިޒަކަށް ލިބެން ހުންނާނެ އެވެ. އެގޮތުން ބޮޑު ސައިޒުގެ ކޮތަޅަކީ ފަސޭހައިން ޕޮކެޓް ސައިޒަށް ފޮލްޑްކޮށްލެވޭ ކޮތަޅެކެވެ. މި ކޮތަޅުތައް ސްކޫލްތަކާއި އެންޖީއޯތަކަށް ބެހުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެކުންފުނިން ބުނެއެވެ.
ގުޅުންހުރި
.jpg&w=3840&q=75)
އޭދަފުށީ ފިއުލް ސްޓޭޝަންގެ ހިދުމަތް ފަށައިފި

އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ބަދަލު ގެނެސްފި

އެފްއެސްއެމްގެ އެމްޑީއަކަށް އާޝާން: އެސްޓީއޯ ގްރޫޕުގެ ކުންފުންޏަކާއި ހަވާލުވި ފުރަތަމަ އަންހެން އެމްޑީ!
.jpg&w=3840&q=75)
.gif&w=3840&q=75)



