logoEN
cocacola
މިފްކޯއަށް އަލަށް ގެންނަ ބޯޓުތަކުގެ ތެރެއިން ފުރަތަމަ ބޯޓު ރާއްޖެ ގެނެސްފި

މިފްކޯއަށް އަލަށް ގެންނަ ބޯޓުތަކުގެ ތެރެއިން ފުރަތަމަ ބޯޓު ރާއްޖެ ގެނެސްފި

# މިފްކޯ

MIFCO Jazeera 06

މިފްކޯގެ ފްލީޓަށް އަލަށް އިތުރުކުރާ 3 ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު "ޖަޒީރާ 106" ރާއްޖެއަށް ބަނދަރުކޮށްފިއެވެ.

ގޮސިޔާ

މިފްކޯއިން ބުނެފައިވާ ގޮތުގައި، ޖަޒީރާ 106 ހޯމަ ދުވަހުގެ ރޭ 10 ޖެހިއިރު މާލެއަށް ބަނދަރުކޮށްފައިވާ ކަމަށާއި، މިހާރު ކުރިއަށް ގެންދަނީ ކުރޫ ބަދަލުކުރުމާއި، ކަސްޓަމްސް ކްލިއަރއެންސް ހޯދައި ލޯކަލައިޒް ކުރުމުގެ މަސައްކަތް ކަމަށެވެ.

"ޖަޒީރާ 106" ތައިލެންޑުން ރާއްޖެ އައުމަށް ދަތުރު ފެށީ މިމަހުގެ 4 ވަނަ ދުވަހުއެވެ. މި ބޯޓުގެ އިތުރުން އެއް ކެޕޭސިޓީއެއްގެ އިތުރު ދެ ބޯޓު މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް ގެނެވޭނެ ކަމަށް މިފްކޯއިން ބުނެއެވެ.

ޖަޒީރާ ސީރީސްގެ މި މަސްކިރާ ބޯޓުތަކަކީ ބޯޓަކަށް ދުވާލަކު 60 ޓަނު ބްރައިން ފްރީޒް ކުރެވޭ، އަދި 200 ޓަނު މަސް ރައްކާކުރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓުތަކެކެވެ. އަދި މި ތިން ބޯޓު އެކުންފުނީގެ އޮޕަރޭޝަނާއި ގުޅުމުން ދުވާލަކު އިތުރު 180 ޓަނު މަސް ގަތުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯއިން ބުނެފައިވާ ގޮތުގައި މިއަހަރު މިފްކޯއިން ވަނީ 4 ބޯޓު ގަނެފައެވެ. އަދި އެ ބޯޓުތައް ގަނެފައިވަނީ މަސްވެރިކަމުގެ މޫސުމުގައި އެންމެ ރަނގަޅަށް މަސްބާނާ ސަރަހައްދަކަށް ދަތުރުކޮށް މަސްވެރިނާ ބާނާ މަސް ކިރުމަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން ކަމަށެވެ.

މިފްކޯގެ ޖަޒީރާ ސީރީޒްގެ މި 4 ބޯޓާއެކު، ދުވާލަކު 300 ޓަނުގެ މަސް ފްރީޒްކުރުމުގެ ޤާބިލުކަން ލިބޭނެކަމަށް މިފްކޯއިން ބުނެއެވެ.

އަދި މިއަހަރު ނިމުމުގެ ކުުރިން ރާއްޖެއަށް އައުމަށް ތައްޔާރުވެފައިވާ ޖަޒީރާ ސީރީޒްގެ ބޯޓުތައް މިފްކޯގެ އޮޕަރޭޝަނާއި ގުޅުމާއެކު ދިވެހިރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރޭގައި މަސްވެރިކަން ރަނގަޅު ދުވަސްވަރު ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް މިފްކޯއިން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ