logoEN
cocacola
އަލް އިއްތިހާދުގެ ކޯޗަކަށް އާޖެންޓީނާގެ މާސެލޯ ގަލާޑޯ

އަލް އިއްތިހާދުގެ ކޯޗަކަށް އާޖެންޓީނާގެ މާސެލޯ ގަލާޑޯ

ހަސަން ޝަމްއޫން

logo

11/19/2023, 11:10:06 AM

IMG_20231119_110909

ގޮސިޔާ

ސައުދީ ޕްރޮފެޝަނަލް ލީގުގެ ޗެމްޕިއަން އަލް އިއްތިހާދުގެ ކޯޗަކަށް އާޖެންޓީނާގެ މާސެލޯ ގަލާޑޯ ހަމަޖައްސައިފި އެވެ.

އުމުރުން 47 އަހަރުގެ ގަލާޑޯ އަލް އިއްތިހާދާއި ގުޅިފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މި އެއްބަސްވުން ހަމަވާއިރު ކުލަބުން ބޭނުންވެއްޖެނަމަ އިތުރު ދެ އަހަރަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު ކުލަބަށް އޮންނަ މާއްދާއެއް މިއެއްބަސްވުމުގައި ހިމަނާފައި ވެއެވެ

2011 ވަނަ އަހަރު އުރުގުއާއީގެ ނަސިއޯނެލް އިން ކޯޗިން ކެރިއަރު ފެށި ގަލާޑޯ، 2014 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި ހަމަޔަށް މަސައްކަތް ކުރީ އާޖެންޓީނާގެ އެންމެ ވަރުގަދަ އެއް ކުލަބު ކަމުގައިވާ ރިވާ ޕްލޭޓުގެ ކޯޗުގެ މަގާމުގައެވެ.

އަލް އިއްތިހާދުގެ ކޯޗުކަމުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުރި ޕޯޗުގަލްގެ ނޫނޯ އެސްޕިރިޓޯ ސަންޓޯ މަގާމުން ވަކި ކުރުމާއެކު އެވެ. އޭގެ ފަހުން އަލް އިއްތިހާދުން ގެންނަން ބޭނުންވި ކޯޗުންގެ ލިސްޓުގައި އޮތީ ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ޒިދާން، ރޯމާގެ މިހާރުގެ ކޯޗު މޮރީނިއޯ އަދި ސެވިއްޔާގެ ކުރީގެ ކޯޗު ލޮޕެޓެގީ އެވެ. އަދި ލޮޕެޓެގީ އާއެކު އަލް އިއްތިހާދުން މަޝްވަރާ ކުރި ނަމަވެސް، އޭނާ ވަނީ އެކުލަބުގެ ހުށަހެޅުން ގަބޫލް ނުކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ