
F4Y1qFyb0AA4doM
އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވުމަށް ނިންމެވީ، ދާއިރާގެ ރައްޔިތުން އެގޮތަށް އެދޭތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވިދާޅުވެއްޖެއެވެ.

ޝިޔާން އެންމެ ފުރަތަމަ މަޖިލީހަށް އިންތިޚާބުވެވަޑައިގަތީވެސް އެމްޑީޕީގެ މެންބަރެއްގެ ގޮތުގައެވެ. ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އުފެދުނު ޚިޔާލުތަފާތުވުންތަކުގައި އެމްޑީޕީ ދޫކުރައްވާ ދަ ޑިމޮކްރެޓްސްއާއި ގުޅިވަޑައިގެންނެވިއެވެ. ޝިޔާން އަކީ ދަ ޑިމޮކްރެޓްސް އުފެއްދުމަށްޓަކައި، އެމްޑީޕީން ފުރަތަމަ ވަކިވެވަޑައިގެންނެވި 13 މެމްބަރުންގެ ތެރެއިން އެއް މެންބަރެވެ.
ޝިޔާން އެމްޑީޕީއާ ގުޅިވަޑައިގަތީ ދަ ޑިމޮކްރެޓްސްގެ ހަރަކާތްތަކާދުރުގައި އުޅުއްވާތާ ދުވަސްވަތަކެއް ވުމަށްފަހުއެވެ. ޝިޔާން ވަނީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެމްޕެއިންގައިވެސް ހަރަކާތްތެރިވެވަޑައިގެންފައެވެ.
ޝިޔާން ވިދާޅުވީ އަލުން އެމްޑީޕިއާއި ގުޅިވަޑައިގަތީ އެދާއިރާގެ ގިނަ ރައްޔިތުން އެގޮތަށް އެދޭތީކަމަށެވެ. ޝިޔާން ވިދާޅުވީ ތޮއްޑޫ ދާއިރާއާއި މުޅި ރާއްޖޭގެ ގިނަ ރައްޔިތުންގެ ވިންދާ އެއްގޮތަށް ވިސްނުން ބަދަލުކޮށް އެމްޑީޕީއާ އަލުން ގުޅިވަޑައިގަތީކަމަށެވެ.
ދަ ޑިމޮކްރެޓްސް ދޫކުރައްވާ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފްވެސް ދާދިފަހުން ވަނީ އަލުން އެމްޑީޕީއާއި ގުޅިވެވަޑައިގެންފައެވެ.
ގުޅުންހުރި

އެއަރޕޯޓް ތަރައްޤީކޮށް، މާވާރުލާއި ގައްދޫ ބުރިޖަކުން ގުޅާލާނަން - ނާޒިމް

ރިޔާސީ އިންތިޚާބު 2023: ވޯޓިންގ ބޫތު ހުންނަން ޖެހޭނީ، ވޯޓުލާ މީހާ އޮފިޝަލުންނާއި އޮބްޒާވަރުންނަށް ފުރަގަހުން ފެންނަ ގޮތަށް

ޔާމީންގެ ވެރިކަމުގައި ނުހައްގުން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވޭ - މުއިއްޒު
