logoEN
cocacola
އުތުރުގެ ދެ ރަށެއްގައި ރިސޯޓު ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަނީ

އުތުރުގެ ދެ ރަށެއްގައި ރިސޯޓު ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަނީ

އައިޝަތު އިފާޝާ

logo

8/22/2023, 9:00:49 AM

# ޓުއަރިޒަމް މިނިސްޓްރީ

islands-in-maldives

ބޮޑުތިލަދުންމަތީގެ 2 ރަށެއްގައި ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީއިން އިޢުލާންކޮށްފިއެވެ.

ގޮސިޔާ

މި ދެ ރަށް ބީލަމަށް ހުޅުވާލުމުގެ މައިގަނޑު މަޤްޞަދަކީ، ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަން ކުރިއަރުވައި، ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެއަރޕޯޓު ފީސިބަލް ކުރުމަށްޓަކައި އެ ސަރަޙައްދުގައި ހިންގާ އިޤްތިޞާދީ ހަރަކާތްތައް އިތުރުކޮށް ވަޒީފާގެ ފުރުޞަތުތައް ޤާއިމްކުރުންކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ބީލަމުގެ އުޞޫލުން ޓޫރިސްޓް ރިސޯޓް ތަރައްޤީކުރަން ހުޅުވާލާފައިވަނީ، ތިލަދުންމަތީ އުތުރުބުރީ (ހއ) މެދަފުށި އަދި މިލަދުންމަޑުލު އުތުރުބުރީ (ށ) ނަލަންދޫއެވެ.

މީގެކުރިންވެސް ހއ. މެދަފުށި ވަނީ ބީލަމުގެ އުޞޫލުން ރިސޯޓް ތަރައްޤީކުރުމަށް ހުޅުވާލާފައެވެ. ނަމަވެސް ށ. ނަލަންދޫ ހުޅުވާލި މިއީ ފުރަތަމަ ފަހަރެވެ.

މި ރަށްތަކުގައި ރިސޯޓް ތަރައްޤީކުރަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 30 ވާ ބުދަ ދުވަހުގެ 11:00 ގައި ވަރޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަކީ 21 ސެޕްޓެމްބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 17 ސެޕްޓެމްބަރު ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ޓޫރިޒަމް މިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރެވޭނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ