
294068_3_13e0a78a52fb59c155b4e7b656bfc1db8ca1cdb7_large
އޮފީހުގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ސަސްޕެންޑްކޮށްފައިވާ މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިކްރާމް އަލީ އަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީ އަށް ހުށަހަޅައިފި އެވެ.

އޮންލައިން ނޫސް މިހާރުގައި އެސްއޯއީ ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި މޯލްޑިވް ގޭސް އިން އޮކްސިޖަން ސިލިންޑަރުތައް ގަތުމުގައި ކޮރަޕްޝަން ހިންގި ކަމުގެ ތުހުމަތެއް އެ ކޮމިޓީއަށް މިދިޔަ ހަފުތާގައި ހުށަހަޅާފައިވާ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން އޮޑިޓް ރިޕޯޓެއް ވެސް ކޮމިޓީއަށް ލިބިފައިވާ ކަަމަށާއި މައްސަލަ މި ހަފުތާގައި ބަލަން ފަށާނެ ކަމަށް ވިދާޅުވި އެވެ.
ކޮރަޕްޝަންގެ ތުހުމަތުގައި އެތަނުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ސަސްޕެންޝަންގައި ހުންނެވި މުއްދަތުގައި ކުންފުނި ހިންގެވުމާ ހަވާލުވެ ހުންނެވީ އިކްރާމެވެ. އޭނާ އަށް ތުހުމަތުކުރަނީ އެ މުއްދަތުގައި، ކޮވިޑް-19އާ ގުޅިގެން ހެދި ފެސިލިޓީތަކަށް އޮކްސިޖަން ސިލިންޑަރުތައް މޯލްޑިވް ގޭސް އިން ގެނައުމުގައި ގާތްގަނޑަކަށް 16 މިލިއަން ރުފިޔާގެ ކޮރަޕްޝަނެއް ހިންގެވި ކަމަށެވެ.
މޯލްޑިވް ގޭސްގެ ޑީއެމްޑީއަށް ކުރާ ތުހުމަތަކީ 3،128 އޮކްސިޖަން ސިލިންޑަރު ހޯދަން ހަވާލުކުރުމުން ބާ ސިލިންޑަރުތަކެއް ގެނައުމެވެ.
ގުޅުންހުރި

މޯލްޑިވް ގޭހުން 45 ކިލޯގެ ސިލިންޑަރުތައް ރީފިލް ކުރާ އަގު ހެޔޮކޮށްފި

ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން ޑރ. އަލީ ލަތީފް އާއި ކުޑަބަންދޭގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެފްޑީސީއިން މޯލްޑިވް ގޭސްއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި
