logoEN
cocacola
2023 ގައި ޔާމީނަަށް ވާދަ ނުކުރެވޭނަމަ ވަހީދު ނުކުމެވަޑައިގަންނަވަނީ

2023 ގައި ޔާމީނަަށް ވާދަ ނުކުރެވޭނަމަ ވަހީދު ނުކުމެވަޑައިގަންނަވަނީ

Admin

logo

2/28/2021, 4:31:12 PM

# ރައީސް ވަހީދު# ރިޔާސީ އިންތިޚާބު 2023

ރައީސް ވަހީދު

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އިދިކޮޅު ޕާޓީތަކުން ވެރިކަމަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ ނަމަ އެކަން ކުރައްވާނެ ކަމަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ޕާޓީ އާއި ޤައުމަށް އެންމެ ރަނގަޅު ގޮތް ނިންމާނީ ޕާޓީ އިން ކަމަށާ ޕާޓީ އިން އެމަނިކުފާނު ވެރިކަމަށް ކުރިމަތިލާން އެދޭ ނަމަ އެކަން ކުރައްވާނެ ކަމަށެވެ.

"އެއީ ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ޑިސިޝަނެއް ދެއްތޯ. އަޅުގަޑު ޤަބޫލު ކުރާގޮތުގައި ރައީސް ޔާމީން އަށް ކުރިމަތި ނުލެއްވޭ ފަދަ ހާލަތެއް ދިމާވެއްޖެ ނަމަ ޕާޓީގެ ފަރާތުން ޕްރައިމަރީ އެއް ބާއްވަވާނެ. އެހެންވީމަ އޭރުން ދެން އެނގޭނީ." އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވީ އިތުރަށް ވެރިކަމަށް ވަޑައިގަތަސް އެމަނިކުފާނަށް އެކަމުން ލިބޭނެ މާބޮޑު ޝަރަފެއް ނެތް ކަމަށެވެ. އަދި ރައީސް ކަމަށް ވަޑައިގެންނެވުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށާ ރައްޔިތުންނަށް ޚިދުމަތް ކުރާނެ ފުރުސަތު ލިބިއްޖެ ނަމަ އެ ފުރުސަތުގެ ބޭނުން ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަހީދަކީ އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ޕްރޮގްރެސިވް ކޯލިޝަނުގެ އެޑްވައިޒަރެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ