logoEN
Sto top
ގާސިމް އަށް ސަޕޯޓު ދެއްވަން ޕީޕީއެމްގެ މެމްބަރުންނަށް ގޮވާލަން - ވަހީދު

ގާސިމް އަށް ސަޕޯޓު ދެއްވަން ޕީޕީއެމްގެ މެމްބަރުންނަށް ގޮވާލަން - ވަހީދު

އައިޝަތު އިފާޝާ

logo

8/13/2023, 7:30:36 AM

# ރިޔާސީ އިންތިޚާބު 2023

Waheed

އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމް އަށް ތާއީދު ކުރައްވަން ޕީޕީއެމްގެ މެމްބަރުންނަށް ދާދިފަހުން އެޕާޓީން ވަކިވެވަޑައިގެން ރޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ގޮވާލައްވައިފިއެވެ.

Wamco

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރުމަށް އދ މާމިގިލީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ، ގާސިމް އިބްރާހިމް ކުރިމަތިލެއްވުމުން ވަރަށް އުފާ ކުރައްވާ ކަމަށާއި، އެމަނިކުފާނު ގަބޫލުކުރާގޮތުގައި ގާސިމް ވެރިކަމަށް އަންނަން މާ ލަސްވެއްޖެ ކަމަށެވެ.

ރާއްޖެ މިހާރު އޮތް ހާލަތުން ސަލާމަތްކުރަން އެންމެ ރަނގަޅު ވެރިއަކީ ގާސިމް އިބްރާހީމް. ބައެއް ބޭފުޅުން މިއަދު ހިތްޕުޅަށް އަރައިވަޑައިގެންފާނެ މިއަދު އަޅުގަނޑު މިހުރީ ކޮންތާކުތޯ. އަޅުގަނޑު މިހުރީ އަޅުގަނޑުގެ ރަހްމަތްތެރިއެއް ކައިރީގަ. މިއަދު ވަރަށް ހތްހަމަޖެހޭ އެމަނިކުފާނުގެ އަރިހުގައި ހުރެގެން އެމަނިކުފާނަށް ދޭންޖެހޭ ހިދުމަތްތައް ދިނުމަށް. - ޑރ ވަހީދު ވިދާޅުވިއެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ ވަހީދު ވަނީ، ޕީޕީއެމްގައި މިހާރު ތިބި ފަރާތްތަކަށް އެބޭފުޅުންގެ ސަޕޯޓު މި އިންތިޚާބުގައި ގާސިމް އިބްރާހީމަށް ދެއްވަން ގޮވާލައްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside