
F27mMwra8AASokp
ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރެއްވުމަށް ފޯމް ހުށަހެޅުއްވި ކުރީގް ހޯމް މިނިސްޓަރ އުމަރު ނަސީރު އާއި އެމްއާރުއެމްގެ ރައީސް، ފާރިސް މައުމޫންގެ ކެންޑިޑެސީ ފޯމް ބަލައިގެންފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމައިލް ހަބީބު ވިދާޅުވީ، އަމިއްލަގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އުމަރު ނަސީރު އަދި ފާރިސް މައުމޫން ހުށަހެޅުއްވި ލިޔެކިޔުންތައް ކަށަވަރުކޮށް، އެ ދެބޭފުޅުންވެސް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ފުރިހަމަވާތީ އެ ދެބޭފުޅުންގެ ވެސް ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން ގަބޫލުކުރައްވާފައިވާ ކަމަށެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް 8 ބޭފުޅަކު ކުރިމަތިލައްވަފައިވެއެވެ. އެއީ ސިޔާސީ ޕާޓީތަކުން 5 ބޭފުޅުންނާއި، އަމިއްލަގޮތުން 3 ބޭފުޅުންނެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި ފަރާތްތަކުގެ ކެންޑިޑޭޓް ނަންބަރު ތަރުތީބުކުރުން އޮންނާނީ މާދަމާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. މިއަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު އެވެ.
ގުޅުންހުރި

އެއަރޕޯޓް ތަރައްޤީކޮށް، މާވާރުލާއި ގައްދޫ ބުރިޖަކުން ގުޅާލާނަން - ނާޒިމް

ރިޔާސީ އިންތިޚާބު 2023: ވޯޓިންގ ބޫތު ހުންނަން ޖެހޭނީ، ވޯޓުލާ މީހާ އޮފިޝަލުންނާއި އޮބްޒާވަރުންނަށް ފުރަގަހުން ފެންނަ ގޮތަށް

ޔާމީންގެ ވެރިކަމުގައި ނުހައްގުން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވޭ - މުއިއްޒު
