ކޮވެކްސް އިން ރާާއްޖެއަށް 100،000 ސިރިންޖު
އަހުމަދު ސަދޫފް މޫސާ
2/25/2021, 3:38:39 PM
153783692_3719857571424620_6905489801438499314_n
ކޮވިޑް ވެކްސިން ގްލޯބަލް އެކްސެސް (ކޮވެކްސް) އިން ރާއްޖެއަށް ވެކްސިން ޖަހަން ބޭނުންވާ 100،000 ސިރިންޖު ދީފިއެވެ.
މި ސިރިންޖުތަކަކީ ބައިނަލްއަގުވާމީ ސިއްޙަތު ގިނަ ޖަމިއްޔާތަކާއި ގުޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަަކަށް ކޮވިޑް 19 އިން އަރައިގަތުމަށް އެހީތެރިވެދީ، ފަސޭހައިން ވެކްސިން ލިބޭނެ ގޮތް ހަމަޖައްސާފައިވާ ފެސިލިޓީގެ ދަށުން ރާއްޖެއަށްވެސް ލިބުނު ސިރިންޖުތަކެވެ. ރާއްޖެއާއި އެއްފަދައިން ދުނިޔޭގެ އެހެން ގައުމުތަކަށްވެސް ކޮވިކްސްގެ ފަރާތުން ސިރިންޖް އަދި ވެކްސިންވެސް ދެމުން ގެންދެއެވެ.
ހެލްތް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ)އިންވެސް މީގެ ކުރިން ބުނި ގޮތުގައި ރާއްޖެއަށް ކޮވެކްސްގެ ފަރާތުން ވެކްސިން ޖެހުމަށް ބޭނުންކުރާ ސިރިންޖު ލިބިފައިވީނަމަވެެސް، ކޮވެކްސްގެ ފަރާތުން ވެކްސިން އަދި ލިބިފައިނުވާކަމަށެވެ.
ދިވެހިރާއްޖޭގައި ބޭނުން ކުރަމުން ގެންދަނީ އެސްޓްރަޒެނެކާއާއި އޮކްސްފޯޑް ޔުނިވާރިސިޓީ ގުޅިގެން އުފެއްދި ކޮވިޝީލްޑް ވެކްސިނެވެ. އެ ވެކްސިންގެ 100،000 ޑޯޒް އިންޑިޔާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާއިރު، ވެކްސިން ޖެހުމަށް ހުރިހާ ރައްޔިތުންގެ ކިބައިން ސަރުކާރުންވެސް ވަނީ އެދިފައެވެ.