
352566711_790056232485900_4937550136969906586_n
ގދ ތިނަދޫ ކައުންސިލުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އެކައުންސިލްގެ އަހަރީ ޤުރުއާން މުބާރާތް އިއްޔެ ފަށައިފި އެވެ.

257 ބައިވެރިންނާއެކު ތިނަދޫ އާބާދީ މަރުކަޒުގައި ކުރިއަށް ގެންދާ މި މުބާރާތަކީ، ބަލައިގެން ކިޔެވުމުގެ ކެޓަގަރީއާއި ނުބަލައި ކިޔެވުމުގެ ކެޓަގަރީގެ ކިޔެވުން ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ މުބާރާތުގައި ބައެއް ޖަމިއްޔާތަކާއި ޤުރުއާން ކުލާސްތަކާއި، ސްކޫލްތަކުން ވަނީ ބައިވެރިވެފައެވެ.
މިއަހަރުގެ މުބާރާތުންވެސް ވަނަ ވަނައަށް ދާ ފަރާތްތަކަށް އަގުހުރި އިނާމްތަކެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން މުޅި މުބާރާތުން އެއްވަނައަށް ދާ ފަރާތަކަށް ހުށަހަޅާފައިވަނީ އުމްރާ ދަތުރެކެވެ.
މުޅި މުބާރާތުން ދެވަނަ، ތިންވަނަ އަދި އުމުރުފުރާތަކުން ވަނަތަކަށް ހޮވޭ ބައިވެރިންނަށްވެސް ވަނީ ފައިސާގެ އިނާމް ހުށަހަޅާފައެވެ.
ގުޅުންހުރި

250 އަށްވުރެ ގިނަ ބައިވެރިންނާއެކު ތިނަދޫ ކައުންސިލް ޤުރުއާން މުބާރާތް ފަށައިފި

ތިނަދޫގައި ވިޔަފާރިކުރުމަށް 16 ބިމެއް ކުއްޔަށް ދިނުމަށް ހުޅުވާލައިފި

ކޮންޑިޝަނަލް ގޯއްޗަށް ފޯމް ފުރުމުގެ ކުރިން އުސޫޅު ރަނގަޅަށް ކިޔާލާ - ސައުދު
