
Gdh.thinadhoo
ގދ. ތިނަދޫގައި ވިޔަފާރީގެ ބޭނުންތަކަށް 16 ބިމެއް ކުއްޔަށް ދިނުމަށް ހުޅުވާލައިފި އެވެ.

ގދ. ތިނަދޫ ކައުންސިލުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ސިނާއީ އެކި ބޭނުންތަކަށް ޖުމްލަ 16 ބިމެއް ކުއްޔަށް ދިނުމަށް ވަނީ ހުޅުވާލާފައެވެ.
ތިނަދޫ ކައުންސިލުން ކުއްޔަށް ދިނުމަށް ހުޅުވާލި ބިންތަކަކީ، ރެސްޓޯރެންޓް، ފިހާރަ، ގެސްޓްހައުސް ހެދުމަށް، ވޯރކްޝޮޕް ހިންގުމަށް، ދަނޑުވެރިކަމަށް، ސިނާއީ މަސައްކަތްތަކަށް / ގަރާޖް، ކުދިމަހުގެ ވިޔަފާރި ފަދަ ބޭނުންތަކަށް ހުޅުވާލާފައިވާ ބިންތަކެވެ.
މި ބިންތަކަށް ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ، 2023 ޖުލައި 5، ވާ ހޯމަ ދުވަހު 13:00 ގައި ތިނަދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
މި ބިންތަކަށް ޕޮއިންޓް ދޭނެ އުސޫލާއި، ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ މައުލޫމާތު ވަނީ އިއުލާނާއެކު ޖެޒެޓްކޮށްފައެވެ.
ގުޅުންހުރި

ގައްދޫގައި ޒުވާން އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް!

ގައްދޫގައި ޒުވާން އަންހެންކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ގެއްލިގެން ހޯދަމުންދިޔަ މީހާ މިސްކިތުގައި ހުއްޓާ ފެނިއްޖެ
