logoEN
cocacola
ގާސިމް އަށް ރިޔާސީ ޓިކެޓް ހަވާލުކުރުން މިރޭ!

ގާސިމް އަށް ރިޔާސީ ޓިކެޓް ހަވާލުކުރުން މިރޭ!

# ޖޭޕީ# ގާސިމް އިބްރާހިމް

big_bPBGLqcsIMR0tKCSVBSE2zmV1

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް އެޕާޓީގެ ރިޔާސީ ޓިކެޓް އެރުވުމަށް ބާއްވާ ހާއްސަ ޖަލްސާ މިރޭ ބޭއްވުމަށް އެޕާޓީން ތައްޔާރުވެއްޖެ އެވެ.

ގޮސިޔާ

ގާސިމް އަށް ރިޔާސީ ޓިކެޓް އަރުވާ ހާއްސަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ، މިރޭ 9 ޖަހާއިރު މާލޭ ކާނިވާ ސަރަހައްދުގައެވެ.

މި ޖަލްސާއާ ގުޅޭގޮތުން ޖޭޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު ރިޔާޒު ރަޝީދު ވިދާޅުވީ މިއީ ސިޔާސީ ޕާޓީއަކުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ޖަލްސާ އަށް ވެގެންދާނެ ކަމަށާއި މި ޖަލްސާގައި ތަފާތު އެކި ކަންކަން ފެނިގެންދާނެ ކަމަށެވެ.

"މި ޖަލްސާގައި 4،000 މީހުން ބައިވެރިވާނެ ކަމަށް ބެލެވޭ، މިއަދަދު އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއް. ރިޔާސީ ޓިކެޓެއް އެރުވުމަށްޓަކާ ބޭއްވާ އެންމެ ފުރިހަމަ، އެންމެ އާދަޔާ ހިލާފު އެއް ޖަލްސާ އަށް މި ޖަލްސާ ވެގެންދާނެ " ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު އިތުރަށް ވިދާޅުވީ މި ޖަލްސާއަށް ޕާޓީއިން ރަށްރަށުން މީހުން ނުގެންނާނެ ކަމަށާއި ނަމަވެސް ޖޭޕީއަށް ނިސްބަތްވާ ކައުންސިލް މެމްބަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން ޖަލްސާގައި ބައިވެރިވާނެ ކަމަށެވެ.

ޤާސިމްއަށް ޖޭޕީގެ ރިޔާސީ ޓިކެޓި ދީފައިވަނީ ރިޔާސީ ޕްރައިމެރީއަކާއި ނުލައި އެވެ. އެއީ އެޕާޓީގެ ރިޔާސީ ޕްރައިމެރީއަށް އިތުރު ބޭފުޅަކު ކުރިމަތިލާފައި ނުވުމާއި އެކުގައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ