logoEN
cocacola
ތަމްރީންތަކަށް ސިވިލް މުވައްޒަފުން އިންޑިއާއަށް!

ތަމްރީންތަކަށް ސިވިލް މުވައްޒަފުން އިންޑިއާއަށް!

އަލްފާ އަލީ

logo

6/9/2023, 3:45:59 PM

# އިންޑިއާ# ސިވިލް ސާވިސް ކޮމިޝަން# ސިވިލް ސާވިސް މުވައްޒަފުން

FyFaD0faAAIdPyd

ސަރުކާރުގެ އެކި މުއައްސަސާތަކުގެ މުވައްޒަފުންނަށް ތަމްރީނާ ތަޖުރިބާ ހޯދައި ދޭން އިންޑިއާ ކުރިއަށް ގެންދާ ޕްރޮގްރާމްގެ ތެރެއިން ސިވިލް ސާވިސްގެ އިތުރު މުވައްޒަފުންތަކެއް ތަމްރީނަށް ފުރަން ތައްޔާރުވެއްޖެ އެވެ.

ގޮސިޔާ

މިހާރު ފުރުމަށް ތައްޔާރުވެފައިވާ 24ވަނަ ބެޗްގައި ހިމެނެނީ މާލޭގެ ވުޒާރާތަކާއި ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ރަށު އަދި އަތޮޅު ކައުންސިލްފަދަ ރާއްޖޭގެ އެކި މުއައްސަސާތަކުން 40 ސިވިލް ސާވަންޓުންނެވެ. މި ބެޗާއެކު އެމްއޯޔޫގެ ދަށުން ތަމްރީނު ލިބިފައިވާ ތަމްރީނުވެރިންގެ އަދަދު 726 އަށް އަރާނެ އެވެ.

މި ތަމްރީނުތަކަކީ ސިވިލް ސަރވިސް ކޮމިޝަން (ސީ.އެސް.ސީ) މޯލްޑިވްސް އާއި ނޭޝަނަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އާ ދެމެދު 2019 ވަނަ އަހަރުގެ ޖޫން މަހު ސޮއިކުރި އެމްއޯޔޫގެ ދަށުން ކުރިއަށްގެންދާ ތަމްރީނެކެވެ.

މީގެ ދަށުން އަންނަ އަހަރުގެ ޖޫންގެ ނިޔަލަށް 1،000 މުވައްޒަފުންނަށް އިންޑިއާ އިން ތަމްރީނު ދޭން ވަނީ އަމާޒު ހިފައިފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ