logoEN
cocacola
ސީއެސްސީގެ މެމްބަރުކަމަށް ހަބީބާ އައްޔަންކުރަން ރުހުން ދީފި

ސީއެސްސީގެ މެމްބަރުކަމަށް ހަބީބާ އައްޔަންކުރަން ރުހުން ދީފި

އަލްފާ އަލީ

logo

4/29/2024, 12:38:53 PM

# ސިވިލް ސާވިސް ކޮމިޝަން

--

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރު ކަމަށް ފާތިމަތު ހަބީބާ އައްޔަންކުރުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ގޮސިޔާ

މިއަދު މަޖިލިސް ޖަލްސާގައި ދެ ނަމަކަށް ވޯޓަށް އަހައިފައިވެއެވެ. އެއީ އަބްދުލް ހަސީބު އިސްމާއިލާއި، ފާތިމަތު ހަބީބާގެ ނަމަށެވެ. ހަސީބާ އަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 37 މެމްބަރުންގެ ތެރެއިން ހަސީބަށް ރުހުން ދޭން ވޯޓުދިނީ 18 މެމްބަރުންނެވެ. ރުހުން ނުދޭން 19 މެމްބަރުން ވޯޓު ދިނެވެ.

ހަބީބާއަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަށް ހުޅުވާލި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެންބަރުން ވަނީ އޭނާއަށް ރުހުން ދިނުމަށް ވޯޓު ދީފައެވެ.

ސީއެސްސީގެ މެންބަރުކަމުގެ ގޮނޑި ހުސްވެފައިވަނީ އެ ކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވި ފާތިމަތު އާމިރާގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. މިހާރު އެކޮމިޝަންގައި ތިއްބެވި ހަތަރު މެންބަރުންނަކީ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހާއި ނައިބު ރައީސް އިބްރާހީމް ރަޝީދާއި، މެންބަރު މުހައްމަދު ފަރުސަތުގެ އިތުރުން މެންބަރު ފާތިމަތު ޝަރީފްއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ