logoEN
cocacola
"ބޮޑެ އީދާ ބޮޑެކޮށް" މިއަހަރުވެސް ގއ. ވިލިނގިލީގައި!

"ބޮޑެ އީދާ ބޮޑެކޮށް" މިއަހަރުވެސް ގއ. ވިލިނގިލީގައި!

# ގއ.ވިލިނގިލި# އަޟްހާ އީދު

IMG_3019

1444ވަނަ އަހަރުގެ އަޟްހާ އީދު ދުވަސް، ގއ. ވިލިނިގިލީގައި ކުލަގަދަކޮށް ފާހަގަކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިލިނގިލީ ކައުންސިލުން ބުނެފި އެވެ.

ގޮސިޔާ

ވިލިނގިލި ކައުންސިލް ރައީސް ވިޝާލް މުޙައްމަދު، ގާފު އޮންލައިން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކުރީ އަހަރެކޭ އެއްފަދައިން ބޮޑު އީދު ދުވަސް ކުލަގަދަކޮށް އެރަށުގައި ފާހަގަކުރުމަށް ގިނަ ކަންތައްތަކެއް ކުރެވެމުން އަންނަ ކަމަށެވެ. އެގޮތުން ރަށުގެ 4 އަވަށަކުން ލީޑަރުން ހޮވައި، 4 އަވަށު މެދުގައި ކުޅުވަރު ހަރަކާތައް ބޭއްވުމާއި، މާލި ޕެރޭޑް، އީދު ޝޯވ އާއި އެހެނިހެން އިނަ ހަރަކާތްތަކެއްވެސް މިއަހަރު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިޝާލް ވިދާޅުވި އެވެ.

undefined

ވިޝާލް އިތުރަށް ވިދާޅުވީ، މިއަހަރުގެ ބޮޑު އީދަކީވެސް ވިލިނގިލީގައި ދިރިއުޅުއްވާ އަދި ވިލިގިއްޔަށް ޒިޔާރަތްކުރާ މީހުންނަށް އުފާވެރި އަދި ފޯރިގަދަ އީދަކަށް ވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

undefined

"ބޮޑެ އީދާ ބޮޑެކޮށް" ނަމުގައި ކޮންމެ އަހަރަކުވެސް އަޟްހާ އީދު ދުވަސް ފާހަގަކުރުމަށް ގއ. ވިލިނގިލީގައި ތަފާތު ކުޅިވަރުތަކާއި ހަރަކާތްތައް އެރަށުގެ ރައްޔިތުންނާއި މުވައްސަސާތައް ގުޅިގެން ރާވާ ހިންގައެވެ. 1443ވަނަ އަހަރުވެސް ވިލިނގިލި ކައުންސިލުން ވަނީ ވިލިނގިލީގައި އަޟްހާ އީދު ފާހަގަކުރުމަށް ފޯރިގަދަ ހަރަކާތްތަކެއް ބާއްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ