
AMN_0402
އެތެރެހަށީގެ ޙާއްސަ ޑޮކްޓަރ، ޑރ. އަހުމަދު ޒޫޝާން ވައިޓަލް ކެއާ ހުވަދޫގައި ބަލިމީހުން ބަލާގޮތަށް ހަމަޖެހިއްޖެ އެވެ.

ޑރ. އަހުމަދު ޒޫޝާން އެ ކްލިނިކުގައި ބަލިމީހުން ބައްލަވާނީ ޖޫން 2 އަދި 3، މި ދެދުވަހުގައެވެ.
ވައިޓަލް ކެއާ އިން ބުނެފައިވާ ގޮތުގައި، ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކުން އެޕޮއިންޓްމަންޓް ހެދުމަށް 7341315 ނަންބަރަށް ގުޅުއްވުމަށް ވަނީ އެދިލައްވާފައެވެ.
ގދ. ތިނަދޫގައި ހުޅުވާފައިވާ ވައިޓަލް ކެއާ ހުވަދޫ ކްލިނިކް ހުންނާނީ އޯކިޑު މަގު ހެޕީ ސައިޑް ގައެވެ.
ވައިޓަލް ކެއަރ އިން އަންނަނީ ހުވަދޫގެ އިތުރުން މާލެ އާއި ކުޅުދުއްފުށީގައި ޑެންޓަލް، މަލްޓިސްޕެޝަލިޓީ ޑޮކްޓަރުންގެ ހިދުމަތް، ލެބޯޓަރީ އަދި ފާމަސީގެ ހިދުމަތާއެކު ފުޅާ ދާއިރާއެއްގައި ސިއްހީ ހިދުމަތް ރާއްޖެއަށް ފޯރުކޮށްދެމުންނެވެ.
ގުޅުންހުރި

ކުރިޔަށް އޮތް 3 ދުވަހު ދަތުގެ ނަރުގަނޑު އެޅުވުމުގެ ޚާއްސަ، ސްޕެޝަލިސްޓެއް ވައިޓަލްކެއާ ހުވަދޫގައި ބަލި މީހުން ބައްލަވާނެ!

އެތެރެހަށީގެ, ކަރުންމަތީގެ އަދި ނަރުގަނޑު އެޅުވުމުގެ ހާއްސަ ޑޮކްޓަރުން ވައިޓަލް ކެއާ ހުވަދޫއަށް!

ވައިޓަލްކެއަރ ހުވަދޫއަށް އޮޕަރޭޝަންސް އޮފިސަރަކު ހޯދަނީ
