.jpeg?w=3840&q=75)



.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)

--
ދަތުގެ ނަރުގަނޑު އެޅުވުމުގެ ޚާއްސަ، ސްޕެޝަލިސްޓް އޯތޯޑޮންޓިސްޓެއް ވައިޓަލްކެއާ ހުވަދޫގައި ކުރިޔަށް އޮތް ތިން ދުވަހު ބަލިމީހުން ބަލަން ހަމަޖެހިފައިވާ ކަމަށް އެ ކްލިނިކުން ބުނެފި އެވެ.
ތިނަދޫގައި ހުންނަ ވައިޓަލްކެއާ ހުވަދޫއިން ބުނީ ދަތުގެ ނަރުގަނޑު އެޅުވުމުގެ ޚާއްސަ، ސްޕެޝަލިސްޓް އޯތޯޑޮންޓިސްޓް ޑރ. އަރަވިންދް ބަލި މީހުން ބެއްލެވުމަށް ހަމަޖެހިފައިވަނީ މި ހިންގާ އޮކްޓޯބަރު މަހުގެ 12،11 އަދި 13 ވަނަ ދުވަހު ކަމަށެވެ.
ވައިޓަލް ކެއާ އިން ބުނެފައިވާ ގޮތުގައި، ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކުން އެޕޮއިންޓްމަންޓް ހެދުމަށް 7341315 ނަންބަރަށް ގުޅުއްވުމަށް ވަނީ އެދިލައްވާފައެވެ.
ގދ. ތިނަދޫގައި ހުޅުވާފައިވާ ވައިޓަލް ކެއާ ހުވަދޫ ކްލިނިކް ހުންނާނީ އޯކިޑު މަގު ހެޕީ ސައިޑް ގައެވެ.
ވައިޓަލް ކެއަރ އިން އަންނަނީ ހުވަދޫގެ އިތުރުން މާލެ އާއި ކުޅުދުއްފުށީގައި ޑެންޓަލް، މަލްޓިސްޕެޝަލިޓީ ޑޮކްޓަރުންގެ ހިދުމަތް، ލެބޯޓަރީ އަދި ފާމަސީގެ ހިދުމަތާއެކު ފުޅާ ދާއިރާއެއްގައި ސިއްހީ ހިދުމަތް ރާއްޖެއަށް ފޯރުކޮށްދެމުންނެވެ.
.jpeg?w=3840&q=75)






