logoEN
cocacola
އެތްލެޓިކޯ ބަލިކޮށް ބާސެލޯނާ އިން 11 ޕޮއިންޓަށް ލީޑު ފުޅާކޮށްފި!

އެތްލެޓިކޯ ބަލިކޮށް ބާސެލޯނާ އިން 11 ޕޮއިންޓަށް ލީޑު ފުޅާކޮށްފި!

ހަސަން ޝަމްއޫން

logo

4/23/2023, 9:55:01 PM

# ބާސެލޯނާ# ސްޕެނިޝް ލަ ލީގާ

IMG_20230423_215420

ސްޕެނިޝް ލަލީގާގައި މިރޭ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް ބަލިކޮށް ބާސެލޯނާ އިން ލީގު ތާވަލުގެ ކުރީގައި 11 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ގޮސިޔާ

މިރޭގެ މެޗުގެ ފުރަތަަމަ މިނެޓުގައި އެތުލެޓިކޯ މެޑްރިޑުގެ ފްރާންސް ފޯވާޑް ގްރިޒްމަން ފޮނުވާލި ބޯޅަ ބާސާގެ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، ފުރަތަަމަ ހާފުގައި 35 ވަނަ މިނެޓުގައި ބާސެލޯނާގެ ޕެނަލްޓީ އޭރިއާ ތެެރެއިން ގްރިޒްމަން މުޅިން ހުސްކޮށް ހުރެ ފޮނުވާލި ބާރު ހަމަލާ ބާސެލޯނާގެ ކީޕަރު ޓަރ ސްޓެގަން ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގައި ބާސެލޯނާ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފުރަތަަމަ ހާފުގެ 44 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭޒް އެވެ. މިއީ ބްރެޒިލްގެ ފޯވާޑް ރަފީންހާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗުގެ ދެވަަނަ ހާފުގައި ދެޓީމަށް ވެސް ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވުނު އިރު މިހާފުގައި ބާސެލޯނާ ޓީމުން އެންމެ ހުސް ފުރުސަތެއް ލިބުނީ ޕެޑްރީ އަދި ރަފީންހާ އަށެވެ.

މިހާފުގައި އެތްލެޓިކޯ މެޑްރިޑުން އެންމެ ހުސް ފުރުސަތެއް ލިބުނީ މޮރާޓާއަށެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ. އަދި މެޗުގެ އިތުރު ވަގުތު ތެރޭގައި ބާސެލޯނާގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުނު ނަމަވެސް ރެފްރީ ނިންމީ އެއީ ޕެނަލްޓީ އެންނޫންކަމަށެވެ.

ލީގުގައި އެންމެ ޓީމެއް 30 މެޗު ކުޅެފައިވާއިރު، ލީގުގެ އެއްވަނައިގައި ބާސެލޯނާ އޮތީ 76 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑް ރޭ ސެލްޓާ ވިގޯ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެ، އެޓީމަށް ވަނީ 65 ޕޮއިންޓް ލިބިފައެވެ. އަދި މިރޭގެ މެޗުން ބަލިވި އެތްލެޓިކޯ މެޑްރިޑް މިވަގުތު އޮތީ 60 ޕޮއިންޓާއެކު އެކު ތާވަލުގެ ތިން ވަނައިގައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ