
Untisdtled-1
އިލެކްޝަން ކޮމިޝަން (އިސީ)ގެ ހުސްވެފައިވާ މެމްބަރުގެ މަގާމަށް ޑރ މުހައްމަދު ޒާހިރު އަށް ރުހުން ދިނުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

އީސީ އިން ހުސްވެފައިވާ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް އައްޔަން ކުރަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގަންނަވާ ނަމެއްގެ ގޮތުގައި މަޖިލީހަށް ފޮނުއްވާފައި އޮތީ ޑރ މުހައްމަދު ޒާހިރުގެ ނަމެވެ. އެ ނަން ދިރާސާކުރި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ވެސް ވަނީ ރުހުންދީފައެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި ޒާހިރު އެ މަގާމަށް އައްޔަންކުރަން ފާސްކުރީ 37 މެމްބަރުންގެ ވޯޓުންނެވެ.
ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރެއްވައިގެން ހުންނެވި ޒާހިރު، ލެކްޗަރާއެއްގެ ގޮތުގައި ގައުމީ ޔުނިވާސިޓީގައި މަސައްކަތް ކުރައްވައެވެ. އަދި ޑރ ޒާހުރު އަކީ މީގެ ކުރިން އިލެކްޝަން ކޮމިޝަންގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އީސީގެ މެންބަރު ކަމުގެ މަގާމެއް ހުސްވެގެން ދިޔައީ އެ ކޮމިޝަންގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި އަހުމަދު އަކުރަމް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އަކުރަމް މަގާމުން އިސްތިއުފާ ދެއްވީ އޭނާއަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް އަމާޒުވެ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބެލުމަށް ފަހު އޭނާ ވަކިކުރަން އެ ކޮމިޓީއިން ނިންމާފައިވަނިކޮށެވެ.
ގުޅުންހުރި

ކައުންސިލް އިންތިހާބަށް އީސީން މުވައްޒަފުން ހޯދުމަށް ކުރިޔަށްގެންދާ ވޯކް އިން އިންޓަވިއުއަށް ބޮޑު ތަރުހީބެއް!

ވެރިކަން ކުރާ ޕީއެންސީގައި 68 ހާހަށްވުރެ ގިނަ މެމްބަރުން: އެމްޑީޕީގައި 43 ހާސް!

ޖޯޖިއާގެ އިންތިޚާބާބެހޭ އިދާރާތަކުގެ 12 ވަނަ އަހަރީ ބައްދަލުވުމުގައި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެ
