
އިއާދަނުކުރެވޭ ވަރަށް ޝަރުއީ ތަރިކަ ނެތި ގޮސްފި - ޖަމީލް
# 8 ފެބްރުއަރީ# ޑރ. މުހައްމަދު ޖަމީލް އަހުމަދުbig_9HP35ElcbDQenq6PBPI347xxC
އަލުން އަނބުރާ އިއާދަ ނުކުރެވޭވަރަށް ޝަރުއީ ތަރިކަ ނެތިގެން ހިނގައްޖެ ކަމަށް ކުރީގެ ނައިބުރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ޖަމީލް ވިދާޅުވީ ރައްޔިތުންގެ މުދަލަށް ގެއްލުންދިނުމަކީ ސިޔާސީ ފިކުރުގެ ބަޔަކު ކޮށްގެންވާނެކަމެއް ނޫން ކަމަށާއި، އިއާދަނުކުރެވޭ ޝަރުޢީ ތަރިކަ ނެތިގޮސްފިކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް އައްޑޫއިން ނެތިދިޔަ ތަކެތި ކިތަންމެ ޕައުންޑަކުންވެސް ނުގަނެވޭނެކަމަށެވެ. އަދި ފަރުވާއެއް ނެތް ލިބުނު މިކަންތައް ހިންގި މީހުން ހަނދާންކޮށް އިތުުރު ފުރުޞަތު ނުދިނުމަށްވެސް ޖަމީލް ވަނީ ގޮވާލާފައެވެ.
ޖަމީލްގެ ވާހަކަ އަލިއަޅުއްވާލައިފައިވަނީ، 2012 ފެބްރުއަރީ 8 ވަނަ ދުވަހު ރާއްޖޭގެ އެކި ހިސާބުތަކުގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގެ މައްޗަށެވެ. 2012 ފެބްރުއަރީ 7ވަނަ ދުވަހު ރާއްޖޭގައި ހިނގި ހަމަނުޖެހުންތަކަށްފަހު، އޭރުގެ ދިވެހި ރާއްޖޭގެ ރައީސް މުޙައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އެދުވަހަކީ އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހުގެ ފަހު ދުވަހު، އެ ޕާޓީގެ ބައެއް މީހުން ހިންގި ހަމަނުޖެހުންތަކުގައި ފުލުހުންގެ ބައެއް މަރުކަޒުތަކާއި ސަރުކާރުގެ ބައެއް އިމާރާތްތަކަށް ގެއްލުންދީ، ރޯކުރި ދުވަހެވެ.
ޖަމީލްވަނީ މީގެކުރިންވެސް އެމްޑީޕީއިން ހިންގި ހަމަ ނުޖެހުންތަކަށް އެޕާޓީއިން މައާފަށް އެދެންޖެހޭނެކަމަށްވެސް ވިދާޅުވެފައެވެ.
ގުޅުންހުރި

ޝިޔާމް ޖަމީލަށް: ފިއްތާލައްވާފަވިޔަސް ރައްޔިތުން އިންތިޚާބުކުރީ ރައީސް މުއިއްޒުކަން ހަނދުމަކޮށްލާ!

ޖަމީލުއަށް ސައީދުގެ ފާޑުކިޔުން: މައިކު އަތުޖެހުމުން ތިދަނީ "ދުނިޔެ ރަންވެ" ހޭބުއްދި ލުހިގެން!

ރައީސް ސޯލިހުގެ ކިބައިގަ މުނާފިގެއްގެ ހުރިހާ ސިފަތަކެއް ހަމަވޭ - ޖަމީލް
