
ތިނަދޫ ސަރަހައްދީ ބަނދަރު - ފުރަތަމަ ފިޔަވަހީގެ 30 ޕަސެންޓް ނިންމައިފި
# އެމްޓީސީސީ# އެމްޕީއެލް# ތިނަދޫ ޕޯޓު# ސަރަހައްދީ ބަނދަރު# ތަރައްގީގދ. ތިނަދޫ ސަރަހައްދީ ބަނދަރު
ގދ. ތިނަދޫގައި ތަރައްގީ ކުރަން ފަށާފައިވާ ސަރަހައްދީ ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ 30 ޕަސެންޓު މަސައްކަތް ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ތިނަދޫ ޕޯޓް ތަރައްގީ ކުރުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އެ މަޝްރޫއުގެ ދަށުން ބަނދަރު އެޅުމަށް ހަމަޖެހިފައިވަނީ ތިނަދޫ ގޭސް ޕްލާންޓާ އިންވެގެން އޮތް ބިމުގައެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެ އެމްޕީއެލަށް ދީފައިވާ ބިމުގެ ވަށައިގެން ފެންސް ޖެހުމާއި ފެން ހިންދުމުގެ ނިޒާމަކާއި ފަޅު ފުންކުރުމާއި ޕޭމަންޓު ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މަސައްކަތުގެ ތަފްސީލް:
4500 ކިއުބިކް މީޓަރުގެ ފަޅުގެ ސަރަހައްދު ފުންކުރުން
3000 ސްކެއަރ މީޓަރުގެ ސްޓެބް ޕޭވްމަންޓު
ފެން ހިންދާ ނިޒާމު ގާއިމްކުރުން
ފެންސް ޖެހުން
މި މަސައްކަތްތަކުގެ ތެރެއިން ހުރިހާ މަސައްކަތެއްވެސް ވަނީ ފަށާފައެވެ. އެގޮތުން ބަނދަރު ސަރަހައްދުގެ ފަޅު ފުން ކުރުމުގެ މަސައްކަތްވެސް މިދިޔަ ހަފްތާގެ ތެރޭގައި އެމްޓީސީސީން ވަނީ ފަށާފައެވެ.
އެމްޓީސީސީން ބުނީ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ޖުމްލަ 30 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށް ގެންދާ ފެން ހިންދާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތުގެ 50 ޕަސެންޓު މަސައްކަތް ނިމިފައިވާކަމަށްވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
މި މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 45 ދުވަސް ތެރޭ ނިންމާ ގޮތަށެވެ. އެ މަޝަރޫއުގެ ޖުމްލަ އަގަކީ 15 މިލިއަން ރުފިޔާއެވެ. މިއީ ސަރުކާރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ގުޅުންހުރި

އުނގޫފާރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިޔަށް!

ގުރައިދޫ އެއާޕޯޓަށް ބިން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!

މާޅޮހުގެ ދެ މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ
