ގއ. ދާންދޫން ކޮވިޑް ކޭސްތަކެއް ފެނުމާ ގުޅިގެން މޮނިޓަރިންއަށް ލާފައި އޮތް އޮތުން މިއަދު އުވާލައިފިއެވެ.
ދާންދޫ މޮނިޓަރިން އިން ނަގާފައިވަނީ މިއަދު އެވެ. އެ ރަށް މޮނިޓަރިން ހާލަތުން ނަގާފައިވާއިރު އެ ރަށުން ވަނީ ގިނަ ކޭސްތަކެއް ފެނިފައެވެ. އެ ރަށުގައި ކޮވިޑް ފެތުރުނީ ގއ. ދެއްވަދޫ ކްލަސްޓަރ އިންނެވެ.
މިއަދު އެރަށުގެ މޮނިޓަރިން އުވާލި އިރު ގދ. ތިނަދޫވަނީ މޮނިޓަރިން އަށް ލާފައެވެ. އެރަށުން ފައްސިވެފައިވަނީ އައްޑޫއަށް ދިޔަ ކާޑެއްދޫ މުވައްޒަފެކެވެ. އެކަމާ ގުޅިގެން އެރަށުގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންނެވެ.
އެ ހޮސްޕޮޓަލުން ނެގި ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބެއެވެ.