logoEN
cocacola
ޗައިނާގެ މަރުހަބާ ބައިޑެންއަށް

ޗައިނާގެ މަރުހަބާ ބައިޑެންއަށް

އަހުމަދު ޝުރާއު

logo

11/13/2020, 4:00:49 PM

# އެމެރިކާ# ޗައިނާ

The People's Republic of China flag and the U.S. Stars and Stripes fly along Pennsylvania Avenue near the U.S. Capitol in Washington

އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު ޖޯ ބައިޑެން އާއި ރަނިން މޭޓު ކަމަލާ ހެރިސްއަށް ޗައިނާއިން މިއަދު މަރުހަބާ ކިޔައިފި އެވެ.

ގޮސިޔާ

ޗައިނާގެ ނޫސްތަކަށް ދެއްވި ބަސްދީގަތުމެއްގައި ޗައިނާ ސަރުކާރުގެ ފަރާތުން ބައިޑެންއަށާއި ކަމަލާއަށް މަރަހުބާ ދެެންނެވީ ޗައިނާގެ ފޮރިން މިނިސްޓްރީގެެ ތަރުޖަމާނު ވަންގް ވެންބިން އެވެެ. ވަންގް ވިދާޅުވިގޮތުގައި ޗައިނާއިން އެމެރިކާގެ ރައްޔިތުންގެެ ނިންމުމަށް އިހްތިރާމް ކުރާ ކަމަށާއި ބައިޑެންއާއި ކަމަލާއަށް ޗައިނާ ސަރުކާރާއި ރައްޔިތުންގެ ފަރާތުން މަރުހަބާ ދަންނަވާކަމަށެވެ.

ޗައިނާ އަކީ މީގެ ކުރިން އެހެން ގައުމުތަކުން ޖޯ ބައިޑެން އަށް މަރުހަބާ ދަންނަވާފައިވާއިރުވެސް، އެކަމާއި އެއްބައި ވެފައިވާ ނުވާ ގައުމެކެވެ. ޗައިނާގެ އިތުރުން ރަޝިއާއިންވެސް ބައިޑެން އަށް މަރުހަބާ ވިދާޅުނުވާނެ ކަމަށް ބުންޏެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވީ، މަރުހަބާ ކިޔުވުމަށް ލަސްތަކެއް ކުރީ ވަކި ސަބަބަކާއި ލައިގެން ނޫން ކަމަށާއި އެހެން ނަމަވެސް ނަތީޖާ ބަލާފައިވަނީ ގާނޫނުތަކަށް ބަލާފައި ކަމަށެވެ.

ޗައިނާއިން ބައިޑެން އަށް މަރުހަބާ ކިޔާފައިވާއިރު، މީގެ ކުރިން އެގައުމުގެ ރައީސަކަށް ހުންނެވި ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާއި ޗައިނާއިން މާ ރަނގަޅު ގުޅުމެއް ވަނީ ނުބޭއްވިފައެވެ. ޓްރަމްޕް ވަނީ ޗައިނާއަކީ އެގައުމަށް ނުރައްކަލެއް ކަމަށް ބުނެ، އެގައުމުގެ އެކްސްޕޯޓް ކުރާ ބައެއް ތަކެތި އެކްސްޕޯޓް ކުރުން ހުއްޓާލައި ވިޔަފާރީގެ ހަނގުރާމައަށް ފަށާފައެވެ.

ޗައިނާއިން ބައިޑެންއަށް މަރުހަބާ ކިޔާފައިވީނަމަވެސް ރަޝިޔާއިން ބައިޑެންނަށް މަރުހަބާ ދަންނަވާފައި ނުވެއެވެ. ރަޝިޔާ އަކީ ޓްރަމްޕާއި ގާތް ގުޅުމެއް އޮންނަ ގައުމެއްކަމަށް ބައިނަލަގުވާމީ މީޑިޔާތަކުން ތުހުމަތުކުރާ ގައުމެކެވެެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ