
White Alert
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ނެރުނު ހުދު ސަމާލުގެ މުއްދަތު އިތުރުކޮށްފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު ހުދު ސަމާލު ނެރެފައިވަނީ، ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ތ. އަތޮޅާ ހަމައަށް، މިއަދު ހަވީރު 3:00 އިން ފެށިގެން މިރޭ 9:00 ޖެހުމާ ހަމައަށެވެ. ނަމަވެސް މިހާރު އެއިދާރާއިން ވަނީ ހުދު ސަމާލުގެ މުއްދަތު މިރޭ 3:00 ޖެހުމާ ހަމައަށް އިތުރުކޮށްފައެވެ.
ކުރިން ހއ. އަތޮޅުން ފެށިގެން ތ.އަތޮޅާ ހަމައަށް ހުދު ސަމާލު ނެރުނަސް، މުއްދަތު އިތުރުކޮށްފައިވަނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ.
އެ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި މި މުއްދަތުގައި އެސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ އެވެ.
ވައިގަދަވުމުގެ އިތުރުން ކަނޑުތައްވެސް ގަދަވާނެތީ މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.